މި ދުވަސްވަރު ޕްލެނެޓްތަކެއް އެލައިންވާކަމުގެ ވާހަކައިން ބެއެއް މީހުން އަޅުގަނޑާ ސުވާލު ކުރެއެވެ. ޖަވާބަކީ، މިދުވަސްވަރު އެ ހިނގާ އެލައިންވުމަކީ ޚާއްޞަކަމެއް ނޫނެވެ. ވަރަށް ގިނައިން ހިނގާ އާންމު އެލައިން ވުމެކެވެ. އެއްވެސް ހާލެއްގައި ގިނަ ޕްލެނެޓް ތަކެއް އެއްތަންވަނީ އެއްވެސް ނޫނެވެ. އަދި އެއީ، ދުނިޔެއާއެކު އެލަައިންވަނީއެއްވެސް ނޫނެވެ. އެކަމަކު ދުނިޔެ އިރުގެ ވަށައިގެން ހިނގާ ފަލަކީ ރޮނގު ދުނިޔޭގައި ތިބެގެން ބަލައި ފާހަގަކުރާ މަގާ ކައިރިކައިރިން ދުނިޔޭގެ ވަށައިގެން އުޑުމަތީގައި އެޅޭ ރޮނގަކަށް ލައިނުވާ ލައިނުވުމެކެވެ.
މިހާރު ރޭގަނޑު 9:18 ގެ ފަހުން ހަމައެކަނި މާސް އާއި ޖުޕިޓަރ އާއި ޔޫރޭނަސް ފިޔަވައި ރޭގަނޑަށް އުދަވެފައި އެއްވެސް ޕްލެނެޓެއް އުޑުމަތީގައި ފެންނާކަށެއް ނުހުންނާނެއެވެ. އެކަމަކު ރޭގަނޑު 9:18 ގެ ކުރީގައި ހޫތު ބުރުޖުގައި ދެ ޑިގްރީގެ ދުރުމިނުގައި ސެޓާން އާއި ވީނަސް އޮއްސޭ އުދަރެހާ ކައިރީގައި އަދި ވީނަސްއަށް ވުރެން މަތީގައި ނުވަ ދަރަޖައިގެ ތަފާތެއްގައި ނެޕްޗޫންވެސް ހޫތު ބުރުޖުހައި ހުންނާތީ، ޔޫރޭނަސް އާއި ޖުޕިޓަރ އާއި މާސް އާއެކު ހަ ޕްލެނެޓް 9:18 ވާންދެން އުދަވެފައި ހުންނާނެއެވެ.
އެހެނަސް، ލެޓް (ޢަރުޟު) ގެ ގޮތުން ޖުޕިޓަރ އާއި މާސް ހުންނާނީ އުތުރުގައެވެ. ސެޓާން އާއި ވީނަސް ހުންނާނީ ދެކުނުގައެވެ.
އެހެންކަމަށްވާތީ މި އެލައިންވުމަކީ، ހަަމައެކަނި ފަލަކީ ޢިލްމުގެ މީހަކަށް ނޫނީ ވާގޮތް ދެނެ ނުގަނެވޭ އަދި އެލައިންވާކަންވެސް ނޭނގޭ ޒާތުގެ އެލައިންވުމެކެވެ. މިއީ، ޕްލެނެޓްތަކެއް އެލައިންވެގެންވާތީ ދުނިޔެއަށް ފެންނަ ޒާތުގެ އެލައިން ވުމެއްވެސް ނޫނެވެ.