Support Us

ކޮލަމް މީތިނުކިޔާތި: ދަތި އުނދަގޫ ތަޖުރިބާތަކުން ލިބޭ 6 ފިލާވަޅެއް

ނާކާމިޔާބަކީ "ނެގަޓިވް" (ނުރަނގަޅު) ކަމެއް ކަމަށް ހީވިޔަސް ބައެއް ނާކާމިޔާބީތަކަކީ "ޕޮޒިޓިވް" (ރަނގަޅު) ކަންތައްތަކެވެ. އެ ގޮތުން މި ބަލައިލަނީ ތިބާ ފޭލިވާކަމަށް ފެންނަ ކަންތައްތަކުންވެސް ލިބޭ ކާމިޔާބު އެކުލެވިގެންވާ ހަ ފިލާވަޅަކަށެވެ.

  1. ނަފުސު ތަރައްގީވުމަށް ކަންތައްތަކުގައި ފޭލިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފޭލިވުމަކީ ކާމިޔާބީގެ އިދިކޮޅެއް ނޫނެވެ. އެއީ ނަފުސު ތަރައްގީވުމުގެ މަގުގައި ކުރިމަތިވާ ތަޖުރިބާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
  2. ދަތި އުނދަގޫ ދުވަސްތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ދިރިއުޅުމަކީ ސީދާ ރޮނގެއްހެން ކުރިއަށްދާ އެއްޗެއް ނޫނެވެ. އެއީ ރަނގަޅާއި ނުބަޔާ ދޭތެރޭގައި ކިރިކިރި ހުންނަ މިސްރާބެކެވެ. އެހެންކަމުން ދަތި ދުވަސްތަކަށްވެސް މަރުހަބާކިޔާށެވެ. އޭގެ ސަބަބުން ތިބާގެ ނަފުސު ތަރައްގީވާނެއެވެ. އަދި ޝުކުރުވެރިވާން ތިބާއަށް ދަސްވާނެއެވެ.
  3. ހަޔާތުގައި ކުރިމަތިވާ "ނެގަޓިވް" ނުވަތަ ނުރަނގަޅު ކަންތައްތަކަކީ މައްސަލައެއް ނޫނެވެ. ބައެއް ތޫފާންތައް އަންނަނީ ތިބާ ކުރިއަށްދާ މަގުގައި ހުންނަ ކުނިތައް އެއްފަރާތްކޮށްލަދޭށެވެ. ތިބާ ދާންވީ ކޮން މަންޒިލަކަށްކަމާމެދު ގޮތެއް ނުނިންމުނު ނަމަ، ތިބާ ދާންވީ މަންޒިލަށް ވާސިލުކޮށްދޭނެ މަގެއް ސާފުކޮށްލަދޭން ކޮންމެވެސް މައްސަލައެއް ތިބާގެ ކުރިމައްޗަށް ހުށަހެޅޭނެއެވެ.
  4. ބަދަލަކީ ބަދަލުނުވެ ނުހުންނާނެ އެއްޗެކެވެ. ތިބާގެ ދިރިއުޅުމުގެ ކަންތައްތައް ހުންނާނީ އަބަދުވެސް ބަދަލުވޭވެއެވެ. ކޮންމެ ކަހަލަ ހާލަތެއް ދިމާވެގެންވެސް ތިބާ ތަނެއްގައި މަޑުކޮށްލަން މަސައްކަތްކޮށްފި ނަމަ ތިބާގެ ދިރިއުޅުމަށް ބަދަލެއް އަންނާނެ ކޮންމެވެސް ކަމެއް ދިމާވާނެއެވެ. އެއީ ދުނިޔެ ހިނގާ ގާނޫނެވެ. ދުނިޔެ މަސައްކަތްކުރާ ގޮތެވެ. ތިބާއަށް ކުރިމަތިވާނީ ތިބާގެ ނަފުސުގައިވާ ކަންތައްތައް ތާއަބަދު އަލަށް ފެނި، އެ ދަސްކުރާ މަރުހަލާތަކެވެ.
  5. ހަކަތައަކީ ވަކި ހައްދެއް އޮތް އެއްޗެކެވެ. އެއަށް އިންވެސްޓްކުރާނީ ބުއްދިވެރިކަމާއެކުއެވެ. ތިބާ ކުރަން ބޭނުންވާ ހަނގުރާމަތައް ނިންމާނީ ވިސްނުންތެރިކަމާއެކުއެވެ. މި ދުނިޔޭގައި ސަލާމަތް ލިބިގަތުން އޮތީ އެ ގޮތުގެ މަތީންނެވެ. ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެ ކަމަށް "ރިއެކްޓް" ނުވަތަ ޖަވާބުދާރީވުމުގެ ގޮތުން ކޮންމެހެން އަމަލެއްކުރާކަށްނުޖެހެއެވެ. ތިބާގެ ހަޔާތުގެ ރާގު އުފެދޭނީ ކަންތައްތަކާމެދު ތިބާ އަމަލުކުރާ ގޮތްތަކުންނެވެ. އެހެންކަމުން ތިބާގެ ހަކަތަ އިންވެސްޓްކުރާނެ ދާއިރާތައް ވިސްނުންތެރިކަމާއެކު ނިންމައިށެވެ.
  6. ހުރިހާ ކަމަކާމެދު ޝުކުރުވެރިވާށެވެ. މޮޅު ދިރިއުޅުމެއް އުޅުމަށްޓަކައި ހަލަބޮލިކަން ހޯދައިގަންނައިރު، ހަމަ އެއާއެކު އަމާން އޮމާންކޮށްވެސް އަމަލުތައް ބައްޓަންކުރަންޖެހެއެވެ. ތިބާގެ ވަށައިގެންވާ ކުދިކުދި ކަންތައްތަކާމެދު ޝުކުރުވެރިވުމުން އުފާވެރިކަމަށްދާ "ހަރަދު" ކުޑަވާނެއެވެ.

މި ހަ ކަމުން ދޭހަވަނީ ފޭލިވުމަކީ ހާސްވާންޖެހޭ ކަމެއް ނޫންކަމެވެ. އެއީ ހަގީގަތުގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ފިލާވަޅުތަކެއްކަމެވެ.

ނޯޓު: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް