Support Us

މިއަދުގެ ސެމީފައިނަލް މެޗުގައި ބޯޅަ ހިފައިގެން ދާން ލައިކެންސްގެ މުހައްމަދު ވިޝާހު (32) މަސައްކަތް ކުރަނީ: އަދިވެސް ފޮޓޯ: އަސީލް

ދިއްދޫ ފުޓުބޯޅަ ފައިނަލްގައި ޓީނޭޖާއި ލައިކެންސް

ހއ. ދިއްދޫގައި ކުރިއަށްދާ ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޓީނޭޖު ބޯއީސްއާ ވާދަކުރާ ޓީމަކަށް ލައިކެންސް ސްޕޯޓްސް ހޮވިއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭ ފައިނަލްގެ ފަހު ޖާގަ ލައިކެންސް އިން ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު ސެމީގެ ފަހު މެޗުގައި، އައްސޭރިއާ ވާދަކޮށް 2-0 އިން މޮޅުވެގެންނެވެ.

ޓީނޭޖް ފައިނަލަށް ދިޔައީ އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީގައި ބީ.އެކްސް ސްޕޯޓްސް އާ ވާދަކޮށް ފުރިހަމަ ވަގުތުގައި ލަނޑެއް ނުޖެހި އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 3-2 އިން މޮޅުވެގެންނެވެ.

ދިއްދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތުގައި 10 ޓީމަކުން ބައިވެރިވެފައިވާތީ މެޗުތައް ކުޅުނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

 

ބީ.އެކްސް ސްޕޯޓްސް ސެމީ ފައިނަލަށް ދަތުރުކޮށްފައި ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާ އެކު ގްރޫޕު އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޓީނޭޖު ބޯއިސް ސެމީއަށް ދިޔައީ ކުޅުނު ދެ މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެ އަށް ޕޮއިންޓާއި ފައިދާ ހަތަރު ގޯލާއެކު ގްރޫޕު ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ލައިކެންސް ސެމީއަށް ދަތުރުކޮށްފައި ވަނީ ކުޅުނު ތިން މެޗުން މޮޅުވެ ލިބުނު ނުވަ ޕޮއިންޓާ އެކުގައި ގްރޫޕު އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އައްސޭރި އެފްސީ ސެމީ ފައިނަލަށް ދަތުރުކޮށްފައި ވަނީ ދެ މެޗުން މޮޅުވެ، ދެމެޗުން އެއްވަރުވެ އަށް ޕޮއިންޓާއި ފައިދާ ފަސް ގޯލާ އެކު ގްރޫޕު ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

އިތުރު ފޮޓޯތައް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *