ހއ. ދިއްދޫގައި ކުރިއަށްދާ ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޓީނޭޖު ބޯއީސްއާ ވާދަކުރާ ޓީމަކަށް ލައިކެންސް ސްޕޯޓްސް ހޮވިއްޖެއެވެ. އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭ ފައިނަލްގެ ފަހު ޖާގަ ލައިކެންސް އިން ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު ސެމީގެ ފަހު މެޗުގައި، ފުރިހަމަ ވަގުތުގައި ލަނޑެއް ނުޖެހި އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 3-2 އިން މޮޅުވެގެންނެވެ. މުބާރާތުގެ އެކި މެޗުތަކުން ހޮވާލާފައިވާ މި ފޮޓޯތަކުގައި އޮރެންޖް ޖާޒީގައި ކުޅެމުންދަނީ ޓީނޭޖެވެ. ހުދު ޖާޒީގައި ލައިކެންސެވެ.
-އަދިވެސް ފޮޓޯ :އަސީލް