Support Us

ކޮލަމް މީތިނުކިޔާތި: ކައިވެނިކުރުމާ ގުޅޭ ގޮތުން ބައްޕަގެ 21 ނަސޭހަތެއް

ކައިވެނިކުރަން ފިރިހެން ދަރިފުޅު ބޭނުންވުމުން ފިރިހެނެއްގެ ހައިސިއްޔަތުން އެ ކަމާ ގުޅޭ އިރުޝާދު ދޭން ބައްޕަ ހުންނާނީ ތަޖުރިބާ ލިބިފައިވާ ރަނގަޅު މަގާމެއްގައެވެ. މި ބަލައިލަނީ މި މޭރުމުން ބައްޕަ ތިބާއާ މުހާތަބުކޮށް ދީފާނެ 21 ނަސޭހަތަކަށެވެ.

  1. ދަރިފުޅާއެވެ؛ ތިބާ އަންހެނަކަށް ހަރަދުކުރަން ފެށުމުން ތިބާ ފަހަށް ރައްކާކުރަނީތޯ ނޫނީ އިންވެސްޓްކުރަނީތޯ ނާހައި، އެ ހަރަދުކުރުމުން ތިބާ އޭނާއަށް އެ ދޭ ސަމާލުކަމާމެދު އޭނާ ހިތްހަމަޖެހޭ ކަމަށް ބުނެ، އެ ވާހަކަ ފިޔަވައި އިތުރު ވާހަކައެއް އޭނާ ނުދައްކާ ނަމަ، އޭނާއާ ކައިވެނި ނުކުރާށެވެ.
  2. ދަރިފުޅާއެވެ؛ ތިބާއަށް އަނތްބެއްގެ ގޮތުގައި ރަނގަޅު އަންހެނަކު ލިބިދާނެއެވެ. އެއީ ތިބާގެ ދަރިންނަށް ރަނގަޅު މަންމައަކަށް ވެދާނެއެވެ. ތިބާއަށާއި ތިބާގެ ދަރިންނަށާއި ތިބާގެ އާއިލާއަށް މަންމައެއް ފަދައިން އަމަލުކުރާ އަންހެނަކު ލިބިއްޖެ ނަމަ އޭނާ ދޫކޮށްނުލައިށެވެ.
  3. ދަރިފުޅާއެވެ؛ ތިބާގެ އަންހެނުން ބަދިގޭގައި ބަންދުނުކޮށްލައިށެވެ. ބައްޕަމެންގެ ޒަމާނުގައި ދަނޑުގައި އެހީވާން ވެސް އަންހެނުން މަސައްކަތުގައި އުޅުނެވެ. އެ ދަނޑުތަކަކީ އަހަރެމެންގެ ޒަމާނުގައި އަހަރެމެން ވަޒީފާ އަދާކުރި އޮފީސްތަކެވެ.
  4. ދަރިފުޅާއެވެ؛ ތިބާއަކީ ގޭގެ ވެރިމީހާކަމަށްވާ ނަމަ، ތިބާގެ ޖީބަށް ނުބަލާށެވެ. އޭގެ ބަދަލުގައި ތިބާގެ އަންހެނުންގެ މޫނުމަތިން ހިނިތުންވުމެއް ފެނޭތޯ ބަލައިށެވެ.
  5. ދަރިފުޅާއެވެ؛ ތިބާ ބޭނުން ވަނީ ދިގު އުމުރެއް ކަމަށް ވަނީ ނަމަ، ތިބާގެ މުސާރަ އަނބިމީހާއާ ހަވާލުކުރާށެވެ. ގޭގެ ހަރަދުތަކާއި ދައްކަން ޖެހޭ ބިލްތަކުގެ އަދަދުތައް އޭނާއަށް އެނގުމުން އޭނާ އެ ފައިސާއަށް ފަރުވާތެރިވާނެއެވެ. އެއާ ހިލާފަށް ތިބާގެ އަތުގައި ތިބާގެ މުސާރަ ބަހައްޓައިފި ނަމަ އެ މުސާރާ ހުސްވާއަތަށްއަޅާއިރު ވެސް އެ ފައިސާ ބޭކާރުކުރަމުން ދިއުމަށް އޭނާ ބާރުއަޅާނެއެވެ.
  6. ދަރިފުޅާއެވެ؛ އަނބިމީހާގެ ގައިގައި ދުވަހަކު ވެސް ނުޖަހައިށެވެ. އޭނާގެ ހިތުގައި އެޅި ވޭން އޭނާގެ ޖިސްމަށް ލިބުނު އަނިޔާ އެއްޗަކަށް ނުވާނެއެވެ. ޒަހަމްވެފައިވާ އަންހެނަކާއެކު އުޅުމަކީ ތިބާއަށް ލިބޭނެ ބޮޑު ދަތިކަމެކެވެ.
  7. ދަރިފުޅާއެވެ؛ ކައިވެނިކުރުމަށް ފަހު ވެސް ތިބާ ކުރިއަށްގެންދަނީ ހުސްހަށިބައި ކަހަލަ ދިރިއުޅުމެއް ކަމަށްވާ ނަމަ ތިބާ އަލުން ހުސްހަށިބައި ވެދާނެއެވެ.
  8. ދަރިފުޅާއެވެ؛ އަހަރެމެންގެ ޒަމާނުގައި ގިނަ އަނބިންނާ ކައިވެނިކޮށް، ގިނަ ދަރިން ހޯދީމެވެ. ގޮވާންކުރަން ޖެހޭ ދަނޑުތައް ގިނަވީމައެވެ. ދަނޑުގޮވާންކުރަން މި ޒަމާނުގައި މާ ގިނަ ބިމެއް ނެތެވެ. މިހެންވެ ދަރިފުޅަށް ލިބުނު އަނބިމީހާ ގާތްކޮށްގެން ގެންގުޅޭށެވެ.
  9. ދަރިފުޅާއެވެ؛ އަހަރެންނާ ތިބާގެ މަންމަ ބައްދަލުކުރި ކޮކޯ ގަހަކީ މި ޒަމާނުގައި ތިބާ އަންހެނުންނާ ބައްދަލުކުރާ ރެސްޓޯރަންޓް ކަމަށްވެދާނެއެވެ. ނަމަވެސް އަހަރެންގެ ޒަމާނުގައި ކޮކޯ ގަހުގެ ދަށުގައި ކުރިހާ ވެސް ކަމަކީ ތިބާގެ މަންމަގެ ގައިގައި ބައްދާލުމެވެ.
  10. ދަރިފުޅާއެވެ؛ އިތުރަށް ފައިސާ ލިބެން ފެށުމުން، އެ ހޯދަން ތިބާ ކުރަންޖެހުނު ބުރަ މަސައްކަތް ހަނދާން ނައްތައިނުލައިށެވެ. އެ ހަރަދުކުރުން އައުލާކަންބޮޑީ އެ ހުރިހާ ދުވަހަކު ތިބާއަށް ތަރުހީބު ދޭން ތިބާގެ ގާތުގައި ހުރި އަނބިމީހާއަށެވެ.
  11. ދަރިފުޅާއެވެ؛ ތިބާގެ މަންމަ ދިރިއުޅުނު އޭނާގެ ބައްޕަގެ ގޭގެ ދޮށަށް އަހަރެން ގޮސް، ތިބާގެ މަންމަގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުރެ ތިބާގެ މަންމައަށް އަހަރެން ގޮވާލަނީ ޖިންސީ އެދުމެއްގެ ބޭނުމެއްގައެއް ނޫނެވެ. ނަމަވެސް އެއީ ތިބާގެ މަންމަ އަހަރެންގެ ގާތުގައި ނެތުމުން އެ ލިބޭ ހުސްކަން ފޫބެއްދޭތޯއެވެ.
  12. ދަރިފުޅާއެވެ؛ ތިބާގެ އަނބިމީހާއަށް ބަދަލެއް އަތުވެއްޖެކަމަށް ފެންނަ ނަމަ، ތިބާ ކުރާ ކޮންމެވެސް ކަމެއް ހުއްޓައިލުމުންވީ ގޮތެއް ކަމަށް ވެސް ވެދާނެއެވެ.
  13. ދަރިފުޅާއެވެ؛ އަހަރެންގެ ކާރުގައި ތިބާގެ މަންމަ ތަންތަނަށް ގެންދިއުމުގެ ކުރިން އަހަރެންނާއެކު މަންމަ ތަންތަނަށް ދަނީ ބައިސްކަލުގައެވެ. ތިބާގެ ހަޔާތުގެ ކުރީކޮޅުގެ ސާދާކަން ބަލައިގެންފައިވާ ނުވާ އަންހެނަކު ތިބާގެ މުއްސަނދިކަމުން ފައިދާ ލިބިގަތުމަށް ފުރުސަތު ނުދޭށެވެ.
  14. ދަރިފުޅާއެވެ؛ ތިބާގެ އަނބިމީހާ އެހެން އަންހެނުންނާ އަޅާނުބަލާށެވެ. ތިބާގެ ކަންތައްތައް ވެސް އޭނާ ބަލައިގަނޭ ނޫން ހެއްޔެވެ. އޭނާ ތިބާ އެހެން ފިރިހެނަކާ އަޅާބެލި ހެއްޔެވެ؟
  15. ދަރިފުޅާއެވެ؛ ތިބާގެ ދައްތަތައް ސްކޫލަށް ނުފޮނުވުނީ އަހަރެންގެ މޮޔަކަމުންނެވެ. ގިނަ މީހުން ހީކުރާ ފަދައިން އަހަރެންގެ އާއިލީ ނަން ވާރުތަ ނުވެދާނެއޭ ހިތަށްއަރައިފައެވެ. ތިބާ އެ ކަހަލަ ކުށެއް ނުކުރައްޗެވެ. މިއަދު އަހަރެމެންނަށް ފެންނަ އަންހެނުންނަކީ ފިރިހެނުންނަކީ ވަކި ހާއްސަ ބައެއް ނޫންކަން ދައްކައިދޭ ފަދަ ލާމަސީލު އަންހެނުންނެވެ.
  16. ދަރިފުޅާއެވެ؛ ތިބާގެ މަންމަ އެއްފަހަރަކު އަހަރެން ދެކެ ރުޅިއައިސްގެން އަހަރެންގެ ހެދުންތައް ކަބަޑަށް ލައި ތަޅުލައި އަދި ވީދާލަން ވެސް އުޅުނެވެ. ނަމަވެސް އަހަރެން އަތް އިސްނުކުރަމެވެ. ތިބާގެ މަންމަގެ ގައިގައި އަހަރެން ދުވަހަކު ވެސް ނުޖަހާކަމަށް ތިބާގެ ގާތުގައި ފަހުރާއެކު ބުނެލުމަށް އަހަރެން ބޭނުންވީތީއެވެ.
  17. ދަރިފުޅާއެވެ؛ އަހަރެންގެ ޒަމާނުގައި އަންހެނުންގެ ހަށިގަނޑުން ފެންނަން ހުރީ ގުދުރަތީ ރީތިކަމެވެ. ނަމަވެސް ތިބާގެ މި ޒަމާނުގައި އެ މީހުންގެ ހަށިގަނޑު ރީތިކުރަން ޓެޓޫ ޖަހާތަން ފެނެއެވެ.
  18. ދަރިފުޅާއެވެ؛ ތިބާގެ ޒަވާޖީ ހަޔާތުގައި ހިނގާ ހާދިސާތަކަށް އަހަރެންނާއި ތިބާގެ މަންމަގެ ޝައުގުވެރިކަމެއް ނެތެވެ. މިހެންވެ އަހަރެމެންގެ ގާތަށް މައްސަލަތައް ހިފައިގެން އަބަދު އައުމުގެ ބަދަލުގައި ތިޔަ ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ތިޔަ ދެމަފިރިން ވެގެން ހައްލުކޮށްލައިށެވެ.
  19. ދަރިފުޅާއެވެ؛ ތިބާގެ މަންމަގެ ފުރަތަމަ ފަހާފޮށި ގަތްދިނީ އަހަރެންނެވެ. ހަމަ އެ ފަދައިން ތިބާގެ އަނބިމީހާގެ ހުވަފެންތައް ތިބާ ހަގީގަތަށް ހަދައިދޭށެވެ. ތިބާގެ އަމިއްލަ ހުވަފެންތައް ހަގީގަތަކަށް ތިބާ ހަދަމުން އަންނަ މޭރުމުންނެވެ.
  20. ދަރިފުޅާއެވެ؛ އަހަރެންނާއި ތިބާގެ މަންމަގެ ކަންތައްތަކާ ތިބާ ފަރުވާތެރިކަން ބަހައްޓާށެވެ. އެއީ މުސްކުޅިވުމުގެ މަރުހަލާގެ ސިއްރެކެވެ. ތިބާގެ ދަރިން ތިބާއާމެދު އަޅާލާނެ ގޮތަށެވެ.
  21. ދަރިފުޅާއެވެ؛ ތިބާގެ އާއިލާއާ އެކުއެކުގައި ދުއާކުރުންމަތީ ދެމިހުންނާށެވެ. މާދަމާ ދިމާވާނީ ކޮން ކަމެއްކަމެއް ނޭނގޭނެއެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ކަމެއް ދެނެވޮޑިގެންވާ މާތްﷲއަށް ދުއާކުރުން މަތީގައި ދެމިހުންނާށެވެ.

މި ބަލައިލީ ފިރިހެނަކު ކައިވެނިކުރަން ބޭނުންވުމުން އޭނާގެ ބައްޕަ ދީފާނެ 21 ނަސޭހަތަކަށެވެ. މި ނަސޭހަތްތައް ބިނާވެފައިވަނީ ފަސޭހައިން އެޅިދާނެ ފިޔަވަޅުތަކަކަށެވެ. މި ގޮތަށް އަމަލުތައް ބަހައްޓައިފި މީހެއްގެ ޒަވާޖީ ހަޔާތް އުޖާލާވާނެއެވެ.

ނޯޓު: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް