Support Us

ފްރާންސްގެ ކޭންސް ފެސްޓިވަލްގެ ފަނޑިޔާރުންގެ އިނާމު ދިން ފިލްމް "ސިރާތު"ގެ މަންޒަރެއް

ފަސް ވަނަ ޔޫރަޕް ފިލްމް ފެސްޓިވަލް ސައޫދީގައި ބާއްވަނީ

ފަސް ވަނަ ޔޫރަޕް ފިލްމް ފެސްޓިވަލް ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި ބާއްވަން ނިންމައިފިއެވެ.

މި ފެސްޓިވަލުގައި ޔޫރަޕުގެ 16 ގައުމަކުން 16 ފިލްމު ދައްކައިނެއެވެ.

މި އިވެންޓް އިންތިޒާމުކުރަނީ ސައޫދީއަށް ކަނޑައަޅައިފައިވައި ޔޫރަޕް އިއްތިހާދުގެ ވަފުދާއި ޔޫރަޕުގެ ގައުމުތަކުގެ އެމްބަސީތަކާއި ސައޫދީގެ މީޑިއާ އަދި މުނިފޫހިފިލުވުމުގެ ކުންފުނި އަރަބިއްޔާ ޕިކްޗާސް ގުޅިގެންނެވެ.

"މި ފެސްޓިވަލުގެ މައިގަނޑު މަގުސަދަކީ ޔޫރަޕާއި ސައޫދީ އަރަބިއްޔާގެ ފިލްމު އުފައްދާ ފަރާތްތަކުގެ ދެމެދުގައި ސަގާފީ ގުޅުން ބަދަހިކުރުމާއި ދެ ފަރާތުގެ ފަންނީ ގުޅުން ވަރުގަދަކުރުން،" ޔޫރަޕް އިއްތިހާދުގެ ވަފުދުން ބުންޏެވެ.

ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ ހޯމަ ދުވަހުއެވެ. އާންމުންނަށް ފިލްމުތައް ދެއްކުން އަންގާރަ ދުވަހުން ފެށިގެން ނޮވެމްބަރު 10 އަށް ރިޔާޒްގެ ވޮކްސް ސިނަމާގައި ކުރިއަށްދާނެއެވެ. ހުރިހާ ފިލްމެއްވެސް ދައްކާނީ އަރަބި އަދި އިނގިރޭސި ސަބްޓައިޓްލްއާއެކުގައެވެ.

ފެސްޓިވަލުގައި ފްރާންސްގެ ކޭންސް، އިޓަލީގެ ވެނިސް އަދި ޖަރުމަނުގެ ބާލިން ފަދަ މަޝްހޫރު ފެސްޓިވަލްތަކުން އިނާމު ދީފައިވައި ފިލްމުތައް ހިމެނެއެވެ. މީގެ ތެރޭގައި ފްރާންސްގެ ކޭންސްގެ ފަނޑިޔާރުންގެ އިނާމު ދިން "ސިރާތު"އާއި އެމެރިކާގެ އޮސްކާ އިނާމު ދިން ޑޮކިއުމެންޓަރީ "މިސްޓާ ނޯބަޑީ އެގެއިންސްޓް ޕުޓިން" ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *