ކައިވެނިކުރުން ފަދަ ހަޔާތުގެ މުހިންމު ކަންތައްތަކަކީ އާދައިގެ ނިންމުމަކުން ނިންމޭނެ ކަންތައްތަކެއް ނޫނެވެ.
އެ ގޮތުން ފުރަތަމަ މި ބަލައިލަނީ ކައިވެނި ކުރަން ނިންމަން ނުވާނެ ސަބަބުތަކަށެވެ.
- ހަމައެކަނި ޖިންސީ އެދުމުގެ ބޭނުމުގައި ކައިވެނި ނުކުރާށެވެ.
- މުސްކުޅިވަމުންދާތީ އެ ކަމާ ބިރުން ކައިވެނި ނުކުރާށެވެ.
- ކައިވެނިކުރާ އުމުރަށް އެޅުމުން ހަމައެކަނި އެ ކަމަށް ބަލައިފައި ކައިވެނި ނުކުރާށެވެ.
- އެކަނިވެރިކަން އިހުސާސްކުރެވޭތީ ކައިވެނި ނުކުރާށެވެ.
- ތިބާއަށް މާލީ އެހީ ދޭނެ ފަރާތެއް ހޯދުމުގެ ބޭނުމުގައި ކައިވެނި ނުކުރާށެވެ.
- ތިބާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ގެއްލިދާނެތީ ކައިވެނި ނުކުރާށެވެ.
- އާއިލާއިން ޕްރެޝަރު ކުރާތީ ކައިވެނި ނުކުރާށެވެ.
- ކައިވެންޏަކީ ހަމައެކަނި ސިކުނޑީގައި އެނބުރޭ ކަމުދާ ހިޔާލަކަށްވާތީ އެ ކަން ނުކުރާށެވެ.
- މީހެއްގެ ހާލަތަށް ހަމްދަރުދީވެގެން އޭނާއާ ކައިވެނި ނުކުރާށެވެ.
- ތިބާގެ އާއިލީ ގުޅުންތައް ހިމާޔަތްކުރަން އާއިލާ ތެރޭގެ މީހަކާ ކައިވެނި ނުކުރާށެވެ.
- ރީތި ކައިވެނި ހެދުންތައް ފެނިފައި އެ އަންނައުނުތައް ކަމުގޮސްގެން ކައިވެނި ނުކުރާށެވެ.
- ކުޑަކުދިން ދެކެ ލޯބިވާތީ ކައިވެނި ނުކުރާށެވެ.
- ހުރިހާ ރަހްމަތްތެރިން ކައިވެނިކުރަމުންދާތީ ކައިވެނި ނުކުރާށެވެ.
- ޖިސްމާނީ ގޮތުންނާއި ތައުލީމީ ގޮތުން ކަމުދާ މީހަކަށް ވާތީ އޭނާއާ ކައިވެނި ނުކުރާށެވެ.
- އަމިއްލަ އާއިލާގެ ކިބައިން ސަލާމަތްވެ، އާއިލާއާ ދުރަށް ދާން ބޭނުންވާތީ ކައިވެނި ނުކުރާށެވެ.
- މީހެއްގެ އަޅާލުން ބޭނުންވާތީ ކައިވެނި ނުކުރާށެވެ.
- މީހެއްގެ ގާތުގައި ބުނާ ކަމެއް އޭނާ ލައްވާ ކުރުވުމަށް ބޭނުންވާތީ އޭނާއާ ކައިވެނި ނުކުރާށެވެ.
- ތިބާގެ އާއިލާގެ މެންބަރެއްގެ ނުވަތަ ތިބާއާ ގާތް މީހެއްގެ ދަރަނި ދެއްކުމަށް ފައިސާ ލިބިދާނެ ފަރާތަކާ ކައިވެނި ނުކުރާށެވެ.
- އިތުރު ގޮތެއް ނެތޭ ހިތަށް އަރައިފައި ކައިވެނި ނުކުރާށެވެ.
ދެން މި ބަލައިލަނީ ކައިވެނި ކުރަން ނިންމުމަށް އެކަށީގެންވާ ނިންމުންތަކަށެވެ.
- ތިބާ ކުރަން ބޭނުންވާ ކައިވެންޏަކީ މާތް ﷲ ގެ ތަގުދީރު ކަމަށް ގަބޫލު ކުރެވުމުން ކައިވެނި ކުރާށެވެ.
- ކައިވެނި ކުރަން ތައްޔާރީ ހާލަތަކަށް އާދެވުމުން ކައިވެނި ކުރާށެވެ.
- ލޯތްބަށްޓަކައި ކައިވެނި ކުރާށެވެ.
މި ބަލައިލީ ކައިވެނި ކުރުމާއި ނުކުރުމުގައި ބަލަންވީ ކަންތައްތަކަށެވެ. ޒަވާޖީ ހަޔާތެއް ބިނާކުރަން ބިންގާ އަޅާ ނިޔަތް ރަނގަޅުވުމުން ނޫނީ އުޖާލާ ދިރިއުޅުމެއް ކުރިއަކަށް ނުގެންދެވޭނެއެވެ.
ނޯޓު: ތަރުޖަމާއެއް
