ތިބާގެ ފިރިމީހާ އެއީ މިތަނުން ކޮން ކަހަލަ ފިރިއެއްތޯ ބަލައިލާށެވެ.
- ހުސްހަށިބައި ފިރިން:
ހުރިހާ ކަމެއް ކުރާނީ އަނބިމީހާއާ މަޝްވަރާނުކޮށް. އަނބިމީހާއަށްވުރެ ގިނަ ވަގުތު ހޭދަކުރާނީ ރަހްމަތްތެރިންނާއެކު. ޒަވާޖީ ހަޔާތާމެދު ސީރިއަސް ކަމެއް ނުހުންނާނެ.
- އެސިޑެއް ފަދަ ފިރިން:
އަބަދު ހުންނާނީ އެސިޑް ފަދައިން ކެކިކެކި، ރުޅިގަދަވެފައި، އަނިޔާވެރިކަން ކުރިއަށްނެރެ، ނުބައި މޫޑެއްގައި، އަމުރުވެރި ގޮތެއްގައި އަދި ވަރަށް ނުރައްކާތެރި ފައްތަރެއްގައި.
- އަޅުވެތި ފިރިން:
ބޭނުންވާނީ ރަސްކަލެއްގެ ގޮތުގައި އޭނާއާމެދު އަމަލުކުރަން ނަމަވެސް އަނބިމީހާ ގެންގުޅޭނީ އަޅެއްހެން. ބޭނުންވާނީ ބޯދާ ސަގާފަތްތަކާއި އިހުތިރާމާއެކު އަނބިމީހާ އޭނާގެ ފިރިމީހާއާމެދު އަމަލުކުރަން. އަދި ފުރަތަމަ ނަމުން މުހާތަބުކުރާކަށް ނޭދޭނެ.
- އާއްމު ފިރިން:
ކޮންމެ އަންހެނަކަށް ވެސް "އޯކޭ"ވާނެ. އަނބިމީހާއަށްވުރެ ބޮޑަށް ލޯބިވާނީ އަދި އަޅާލާނީ ގެންގުޅޭ ލޯބިވެރިންދެކެ. މި ފަދަ ލޯބިވެރިންނަށް ފައިސާ ހޭދަކުރާހިތްވާނެ އަދި ވަރަށް ގިނަ އަންހެން ރަހްމަތްތެރިން ގެންގުޅޭނެ.
- ތެތްކަމެއް ނެތް ފިރިން:
މޫޑު ގޯސްވެފައި ހުންނާނެ. އަދި ހަރަދުކުރަން ބޭނުމެއް ނުވާނެ. އަނބިމީހާގެ ޖަޒުބާތަށް ފަރުވާލެއް ނުބަހައްޓާނެ. ދެމަފިރިންގެ ދޭތެރޭގައި އޮތް ގުޅުން އެއީ ހިތްހަމަޖެހޭ ގުޅުމަކަށް ހަދަން މަސައްކަތެއް ނުކުރާނެ. މަޖާ ކުރާކަށް ނޭނގޭނެ.
- ޕެނަޑޯލް ފިރިން:
އަނބިމީހާ ގެންގުޅޭނީ މައްސަލަ ހައްލުކުރާ ބޭހެއް ގޮތަށް. އަނބިމީހާ ދެކެ ލޯބިވާނީ ހަމައެކަނި ކޮންމެވެސް ކަމެއް އަނބިމީހާގެ ފަރާތުން ބޭނުންވުމުން. ވިސްނުންތޫނުވާނެ އަދި އަނބިމީހާގެ ބަލިފައި އެނގޭނެ. އަދި މި ކަމުން ނާޖާއިޒު ފައިދާ ނަގައި އުދާސްތައް ފިލުވައިލާނީ އަންހެނުންގެ ފައިދާ ނަގައިގެން.
- ޕެރަސައިޓް ފިރިން:
ކަންނެތް އަދި ހަމައެކަނި ފައިސާއަށްޓަކައި އަނބިމީހާ ދެކެ ލޯބިވާނީ. އަނބިމީހާގެ ފައިސާ ހޭދަކުރާނީ ލޯބިވެރިންނަށް. ކަމަކާ އިސް ނުނަގާނެ އަދި ގޭތެރޭގެ ޒިންމާ ނެގުމުގައި އަނބިމީހާއަށް އެހީތެރިއެއް ނުވާނެ.
- ބޭބީ ފިރިން:
ޒިންމާދާރުކަމެއް ނުހުންނާނެ. އުޅޭނީ ކުޑަކުއްޖެއްހެން. ބައްޕަ، މަންމަ ނުވަތަ ތިމާގެ މީހެއްގެ ގާތުން އަހައިގެން ނޫނީ އަމިއްލައަށް ނިންމުންތައް ނިންމައިކަށް ނޭނގޭނެ. ތިމާގެ މީހުންނާ އަނބިމީހާ އަޅާކިޔާނެ އަދި ކަމެއް ގޯސްވެއްޖެ ނަމަ އަބަދުވެސް ދުއްވައިގަންނާނީ ތިމާގެ މީހުންގެ ގާތަށް.
- ޒިޔާރަތްކުރާ ފިރިން:
އަބަދު ގެއަކު ނޫޅޭނެ. އަންނާނީ ގެއަށް ޒިޔާރަތްކުރާ މެހެމާނެއް ފަދައިން. އާއިލާއަށް ބޭނުންވާ ހުރިހާ މާއްދީ ވަސީލަތެއް ފޯރުކޮށްދޭނެ ނަމަވެސް އާއިލާއާއެކު ވަގުތު ހޭދައެއް ނުކުރާނެ.
- އަޅާލާ އަދި ފަރުވާ ބަހައްޓާ ފިރިން:
އަޅާލާނެ އަދި ލޯބިވާނެ. އާއިލާއަށް ބޭނުންވާ މާއްދީ އެއްޗެއްސާއި ޖަޒުބާތީ އެހީތަކާއި ވަގުތު ދޭނެ. ރޫހީ ގޮތުން ގޭތެރެ ރަނގަޅުކޮށްދޭނެ. ވަރަށް ރަނގަޅަށް ޒިންމާ ނަގާނެ އަދި އަނބިމީހާއާމެދު އަމަލުކުރާނީ ބައިވެރިޔާއަކާއި އެހީވާ ފަރާތެއް ފަދައިން.
ނޯޓު: ތަރުޖަމާއެއް
