Support Us

ރިސޯޓް ވޮލީ މުބާރާތުގެ ޒޯން އެކެއްގެ ފައިނަލްގައި ބަނޑޮސް- ކުޑަހުރާ

ގޯލްޑަން އިޔަރ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ފައިނަލަށް ބަނޑޮސް މޯލްޑިވްސް އާއި ފޯސީޒަން ކުޑަހުރާ ދަތުރުކޮށްފިއެވެ.

ވޮލީ އެސޯސިއޭޝަނުން އިންތިޒާމްކުރާ މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ބަނޑޮސް ހޯދީ އަންގާރަ ދުވަހު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ކުޑަހުރާ ބަލިކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮސްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

.ޕޮއިންޓެއް ލިބުމުން ކުޑަހުރާ ކުޅުންތެރިން އުފާފާޅުކުރަނީ… -އަދިވެސް ފޮޓޯ: ނަޝްމާ

މި މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކުޑަހުރާ ކަށަވަރުކުރީ، ލީގު ބުރުގައި އެއްވަނަ ހޯދި ޓީމުގެ ގޮތުގައި، ތިން ވަނަ ޓީމު ވަން އެން އޮންލީ ރީތިރަށް ރިސޯޓާ ބުދަ ދުވަހު ވާދަކޮށް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އިތުބާރާއެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯސީޒަންގެ ޖޯޒީ ނަންބަރ 13 ހުސެން ވިޝާމް (ބުޅިކެ) އެވެ.

މި ޒޯންގައި ދެން ވާދަކުރީ ޖުމެއިރާ އޮޅަހަލި ރިސޯޓެވެ.

.ޕޮއިންޓެއް ލިބުމުން ކުޑަހުރާ ކުޅުންތެރިން އުފާފާޅުކުރަނީ… -އަދިވެސް ފޮޓޯ: ނަޝްމާ

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ބަނޑޮހުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *