Support Us

އަމިއްލަ ފަރާތަކުން ހުޅުމާލޭގައި ބުނާކުރި މިސްކިތެއް ރައީސް ހުޅުއްވައިދެއްވައިފި

އަމިއްލަ ފަރާތަކުން ހުޅުމާލޭގައި ބުނާކުރި މިސްކިތް، 'މަސްޖިދު މުޙައްމަދު' ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

'މަސްޖިދު މުޙައްމަދު' އަކީ، ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި ޢިމާރާތްކޮށްފައިވާ 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ ހާއްސަ ބައެއް ވަނީ ހަމަޖައްސައިފައެވެ. މި މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 18 ޖުލައި 2019 ގައެވެ. އަދި މިއަހަރުގެ 10 އޮކްޓޫބަރު ވީ އާދިއްތަ ދުވަހު މި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރިކަންކަން ވަނީ މުޅިން ފުރިހަމަކޮށް ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި މިއަދުގެ އަޞުރު ނަމާދު ވަނީ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *