Support Us

ފަސް ރަށެއްގެ އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ފަސް ރަށެއްގައި އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ވަކިވަކިން އިއްޔެ ބޭއްވި މި ރަސްމިއްޔާތުތަކުގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީ އާ އެކު ސޮއިކޮށްފައިވަނީ ށ. މިލަންދޫ، ށ. ބިލެއްފަހި، ށ.ކޮމަންޑޫ ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓު އެޅުމުގެ މަޝްރޫއެވެ.

އެމްޓީސީން ބުނީ އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މި ފަސް ރަށުގައި އެއާޕޯޓް އެޅުމާއި ސާވޭ ހެދުމާއި އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށެވެ.

ވިިލުފުށި އަދި ގުރައިދޫ އެއާޕޯޓް އެޅުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން، ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ އަހުމަދު ލަތީފެވެ.

ބިލެއްފަހި އަދި މިލަންދޫ އެއާޕޯޓް އެޅުމާ ބެހޭ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ހަސަން މުގުނީ އެވެ.

މި ރަށްރަށުގައި އެއާޕޯޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *