Support Us

ކޮލަމް: ދިނަށަ

ޑިމޮކްރަސީއަށް ދިވެހީން ފައްކާވެއްޖެއެވެ!

މިއަދަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަކަށް ވޯޓްލާ ދުވަހެވެ. މިއަދު ދުނިޔެމައްޗަށް އިރު ފާއްދާލީ ސިޔާސީ ޕާޓީތަކާއި ވަކިވަކި ފަރުދުން އުންމީދުކުރާ ފޮނި ނަތީޖާ ވޯޓުން ނެރެދިނުމުގެ ދޯދިތައް ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދީ އުޖާލާ ކުރަމުންނެވެ.

ވެރިރަށް މާލެސިޓީގެ މާގުތަކާއި ވޯޓުލާ މަރުކަޒުތަކުގެ ސަރަޙައްދުތައް ފެންނަނީ ވަރަށްވެސް ކާރޫބާރޫ ބޮޑުވެފައި ހަލަބޮލިކޮވެ. އެހެނަސް ވަރަށް ހަމަހިމޭންކަމާ އެކުގައެވެ. އިޖްތީމާޢީ ރައްކާތެރިކަން ފޯރުކޮށް ދެއްވުގައި ހުރިހައި ސަރަޙައްދެއްގައިވެސް ފުލުން ޙަރަކާތްތެރިވުމުގައި ވަރަށްވެސް ފަރުވާތެރިކަމާއެކު ފޯރިމަރުއްވަމުން ގެންދަވާތަން ފެނެއެވެ.

ވޯޓުލާ މަރުކަޒުތަކުގައި ތަފާތު ކެންޑިޑޭޓުންގެ ސަޕޯޓަރުން ޙަރަކާތްތެރިވަމުންގެންދާ ކަމުގައިވިޔަސް ވެރިވެފައި އޮތީ އެންމެ ހަމަހިމޭންކަމާއި ޞުލްޙަ މަސަލަސްކަމެވެ. އެއިން ކަމަކަށް ކުޑަވެސް ބުރުލެއް އަރާ ޒާތުގެ ކަމެއް ޙަރަކާތެއް ވިޔަސް ނުފެނެއެވެ.

މިފަދަ ކަންކަމުން މިއަދު އެނގި ކަށަވަރުވަނީ ޑިމޮކްރަސީގެ ވެއްޓެއްގައި ދިރިއުޅުމުގެ ރިވެތި އާދަ ދިވެހީންގެ މެދުގައި އާލާވެ ދިރިއްޖެކަމެވެ.

ޑިމޮކްރަަސީ ނިޒާމު ގާއިމުވުމުގެ ކުރިން އަހަރެމެނާ މާ ދުރުނޫން މާޒީގެ ތެރެއިން ދުށް ހިސާބަށް ނަޒަރު ހިންގައިލާއިރު، މިފަދަ ދުވަސް ދުވަހު ވޯޓުލާ ސަރަޙައްދުތަކުން ވަރަށް ބޮޑަތި ހަމަނުޖެހުންތައް ފެނިފައިވެއެވެ.

ނަމަވެސް، މިފަހަކުން އެޒާތުގެ ކަންކަން ރާއްޖެއިން ނުފެނެއެވެ.

މިއަދުވެސް ވޯޓުލާ ސަރަޙައްދުތަކުގައި އޮތް ހިމޭންކަމަށް ބަލައިލާއިރު ފެންނަނީ މިއަދަކީވެސް ވަރަށް އޮމާންކަމާއި ޞުލްޙަ މަސަލަސްކަމާއެކު ދިވެހީން ވޯޓުލުމުގެ އަމާނާތް އަދާކޮށް ނިންމާނެ ދުވަހެއް ކަމަށެވެ. އެއިން އެނގެނީ ދިވެހީން ޑިމޮކްރަސީއަށް ފައްކާވެއްޖެކަމެވެ.

އަހަރެމެން އެންމެންގެ ވެސް އުއްމީދަކީ އަދި ދުޢާއަކީ، އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަންމަތީގައި އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހިރައްޖެ އަބަދުވެސް ދެމިއޮތުމެވެ. އެކަމަށް އަރަހުށި ހުސްތޯހިރުވަންތަ މާތްރަސްކަލާނގެ ތައުފީޤު ދެއްވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ޑިމޮކުރަސީގެ ނަމުގައި މިރާއްޖޭގައި ބޮޑެތި ހަމަނުޖެހުން އުފެއްދީ ރައީސް ނަޝީދެވެ. ތަންތާ އަލިފާން ޖެއްސުމާއި ޖަލުގައި ހަމަނުޖެހުން ހިންގުމާއި ވޯޓްލާ ދުވަސް ދުވަހު ފޮށިފެޅުމާއި ވޯޓްލާ މަރުކަޒް ދޮށުގައި ހަމަނުޖެހުން ހިންގުމަކީ އަބަދުވެސް ނަޝީދުގެ އެޑްވައިސް އަށް ކުރަމުން އައި ކަންކަމެވެ. ކުރިން ފަހަރު ވެސް އެމްޑީޕީގެ ބަޔަކު ތިމަރަފުށީގެ ފޮށި އަންދައި ހަމަނުޖެހުން ހިންގީމާ ނަޝީދު ބުނީ އެއީ އެކުދިން ޖަޒްބާތު މަތިވެގެންވީ ކަމެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *