Support Us

ދެ ބޯޓު ފެތިގެން އިންޑިއާގައި 13 މަރު

އިންޑިއާގައި ދެ ބޯޓު ފެތިގެން 13 މީހަކު މަރުވެއްޖެއެވެ.

ފުރަތަމަ ބޯޓު އަޑިއަށް ދިޔައީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ހާދިސާ ހިނގީ ކަޝްމީރުގެ ކޯރެއްގައެވެ. ގެނބިގެން މަރުވީ ހަ މީހުންނެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. މި ހާދިސާ ހިނގީ އެ ކުދިން ސްކޫލަށް ދިއުމަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ދެވަނަ ހާދިސާ ހިނގީ ހުކުރު ދުވަހުއެވެ. އެއީ އޮޑިޝާގައެވެ. ފަންސާސް ފަސިންޖަރުން ދަތުރު ކުރި އެ ބޯޓު ބަންޑުންޖަހާލުމުގެ ސަބަބުން ހަތް މީހުން މަރުވިއެވެ. ރިޕޯޓްތަކުން ބުނީ މި ހާދިސާ ހިނގީ ފައްޅިއަކަށް އަޅުކަން ކުރަން ގޮސް އެނބުރި ޖަރްސުގުޑާ ސްޓޭޓަށް އަޅުވެރިންތަކެއް ދަނިކޮށް ކަމަށެވެ.

މި ހާދިސާގައި އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ފުރަތަމަ ފެނުނީ ދެ ހަށިގަނޑެވެ. ދެން އިއްޔެ ހެދުނު ވަނީ އިތުރު ފަސް ހަށިގަނޑު ފެނިފައެވެ. އެއީ މަހަނާދީ ކޯރުންނެވެ.

އޮފިޝަލުން ވިދާޅުވީ ހުރިހާ މަރުވި މީހުންނަކީ ކޮން ބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޯޓު ބަންޑުންޖަހާލީ ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފަސިންޖަރުން އެރުވުމުންނެވެ. މިހެންވެ މި ކަމާ ގުޅިގެން ފުލުހުން ވަނީ ދެ ފަޅުވެރިން ހައްޔަރުކޮށްފައެވެ.

"އަދި އިތުރު އެއް ހަށިގަނޑު ހޯދަން މަސައްކަތް ކުރިއަށް އެބަދޭ. ހައްޔަރު ކުރި ދެ ފަޅުވެރިންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނަން،" ފުލުސް އޮފިސަރު ސްމިޓް ޕަރްމަރް ވިދާޅުވިއެވެ.

އޮޑިޝާގެ ހާދިސާއާ ގުޅިގެން އިންޑިއާގެ ރައީސާ ދްރޯޕަދީ މުރްމޫ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

އޮޑިޝާ ސްޓޭޓްގެ ޗީފް މިނިސްޓަރު ނަވީން ޕަޓްނައިކް ވިދާޅުވީ މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ގާތްގަނޑަކަށް 4،800 ޑޮލަރު ދޭނެ ކަމަށެވެ. ޒަހަމް ވީ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމްތައް ވެސް އޭނާ ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *