Support Us

ފަރެސްމާތޮޑާގައި ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި ބަންގާޅީއަކު ފުލުހުން ހޯދަނީ

ގދ. ފަރެސްމާތޮޑާގައި ކުޑަ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގެ ތަހުގީގަށް ބަންގާޅީއަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މި މީހާ ނުފެނިގެން އުޅޭއިރު އޭނާގެ އާއިލާ ފުލުހުން ދެނަގަތް ގޮތެއް ފުލުހުން ނުބުނެއެވެ.

ތަހުގީގަށް ހާޒިރުވާންޖެހޭ މީހާގެ މައުލޫމާތު: 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޔޫނުސް، ބަނގްލަދޭޝް (52 އަހަރު)

ޕާސްޕޯޓް ނަންބަރުBC0642839

ހާޒިރުކުރެވޭ ހައިސިއްޔަތު: ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑިގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން، 2021 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 14:00 އަށް

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *