Support Us

ޓިކެޓް މާދަމާ ވިއްކަން ފަށަނީ- ގޮނޑިބަރިން 100ރ. އަށް، ސިޑިބަރިން 75ރ. އަށް

ގަލޮޅު ދަނޑުގައި އަންނަ ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ ކަމަށާއި ޓިކެޓް އަގަކީ ގޮނޑިބަރިން 100ރ. އަދި ސިޑިބަރިން 75ރ. ކަމުގައި އެފް.އޭ.އެމުން ބުނެފިއެވެ.

އެފް.އޭ.އެމްގެ އޮފިޝަލެއް ވިދާޅުވީ، އޮކްޓޫބަރު 1-16އަށް ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ އީދުގެ ކޮންމެ މެޗަކަށް ވެސް ވިއްކާނީ 5،000 ޓިކެޓް ކަމަށާއި ކުޅިބަލަން ވަދެވޭނީ ކޮވިޑް19ގެ ވެކްސިން ދެ ޑޯޒް ފުރިހަކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ. މީހަކަށް ވިއްކާނީ ގިނަވެގެން ފަސް ޓިކެޓް ކަމަށްވެސް ވަނީ ހަމަޖައްސައިފައެވެ.

ގަލޮޅު ދަނޑުގެ ސަހަރާ ފަޅީގެ މަތީ ސިޑިބަރި ފިޔަވައި އެހެން ހުރިހައި ސިޑިބަރިއެއް ބޭނުންކުރާނެ ކަމަށް އެފް.އޭ.އެމުން ބުނެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެއާއެކު ފަސް ގައުމު ވާދަކުރާ މުބާރާތަށް ހުރިހައި ޓީމެއް މިހާރު ވަނީ ރާއްޖެ އައިސްފައެވެ. ގަތަރު ކޭމްޕަށްފަހު ރާއްޖެ އައިސް ދިވެހި ގައުމީ ޓީމު ތިބީ ހޮޓެލް ޖެންގައެވެ. ބަންގްލަދޭޝް ޓީމުވެސް ތިބީ އެ ހޮޓަލުގައެވެ. އިންޑިއާ ޓީމު ތިބީ ޕެރަޑައިސްގައެވެ. ލަންކާ ޓީމު ތިބީ ހުޅުލޭ އައިލެންޑް ހޮޓަލުގައެވެ. އަދި ނޭޕާލް ޓީމު، ބަނޑޮހުގައެވެ.

ނޭޕާލް ކުޅުންތެރިން އެއާޕޯޓުގައި  -ފޮޓޯ: އެފް.އޭ.އެމް

މުބާރާތުގެ ރެފްރީން މާލެ އަންނާނީ މާދަމާއެވެ. ރެފްރީން ހަމަޖައްސައިފައި ވަނީ އިރާގު، ފަލަސްތީނު، ކުވެއިތު، އުޒުބެކިސްތާން އަދި ތަޖިކިސްތާނުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *