...

Support Us

ޑްރީމްސް މޯބައިލްގެ ފުރާޅުން ޓިނު ނަގައިގެން ވަދެ 286،000ރ.ގެ ފޯނު ވަގަށް ނެގި ދެ މީހުން އަތުލައިގެންފި

މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން އެ ފިހާރައަށް ވަދެ ވަގަށް ނަގައިފައިވާ ގިނަ އަދަދެއްގެ ފޯނާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ދެ މީހުންގެ އަތުން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޗާޖަރާއި، ހެޑްސެޓުގެ އިތުރުން މޯބައިލް ފޯނާ ގުޅޭ ތަކެތި ހޯދައިފައިވާ ކަމަށާއި އެ ތަކެތީގެ އަގު 286،000 ރުފިޔާއަށް އަރާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެރޭގެ ވަގުތެއްގައި 31 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި، ކްރެސްޓް، ޢަލީ ފައުޒާނާ، ތ. ތިމަރަފުށި، މާފޮޅޭގެ، ޢަބްދުﷲ ސިމާޙުއެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *