Support Us

ރައީސް މުއިއްޒުގެ ވައުދުފުޅާ އެެއްގޮތަށް ފުލުުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުކޮށްފި

ފުލުހުންގެ މުސާރަ މި މަހުން ފެށިގެން 35 ޕަސެންޓް ބޮޑުކޮށްފިއެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ އިތުރުކޮށްދެއްވާނެ ކަމަށެވެ. އެކަން ކުރައްވާނީ ފަސް އަހަރަށް ބަހާލައިގެން ކަމަށާއި މިގޮތުން 2024 ގައި 35 ޕަސެންޓް، 2026 ގައި 35 ޕަސެންޓް، އަދި 2028 ގައި ބާކީ 30 ޕަސެންޓް އިތުރުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޒަމާން، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަގާމުގެ އެލަވަންސާއި ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާ ގުޅޭ ގޮތުން ދެވޭ އެލަވަންސް ކަމަށެވެ.

"މިއީ 2009 ވަަނަ އަހަރުގެ ފަހުން އަސާސީ މުސާރައާ އެކު ފުލުހުންގެ މުސާރަ ބޮޑުކުރެވުނު ފުރަތަމަ ފަހަރު،" އެކްސްގައި ޝިފާން ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުންގެ މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން ކުރިން ދެމުން އައި އެލަވަންސްތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ފުލުުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ މި ބަދަލާ އެކު އެންމެ ދަށް މުސާރަ ލިބޭ ޕޮލިސް ކޮންސްޓަބަލެއްގެ މުސާރައާއި އެލަވަންސްއާ އެކު މަހަކު ގާތްގަނޑަކަށް 17،000ރ. ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *