Support Us

އެޕްރީލް: ބަންދު 19، ހުޅުވިފައި 11 ދުވަސް

އަންނަ އެޕްރީލް މަހަކީ މި އަހަރު ތެރޭގައި ބަންދު ދުވަސްތައް އެންމެ ގިނަ މަހަށް ވާނެއެވެ. މި ގޮތުން ސަރުކާރު ބަންދު 19 ދުވަސް މިހާރު ވަނީ ކަށަވަރުވެފައެވެ.

ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުކުރާ ގޮތަށް ނިންމެވުމުން، އީދު ބަންދާއެކު، އެޕްރީލް މަހުގެ ފުރަތަމަ 13 ދުވަސް އެކުގައި ބަންދުވާނެ އެވެ. މި ދިގުބަންދު ފެށެނީ މި ހިނގާ މާޗު މަހުގެ 28 ވާ ހުކުރު ދުވަހުން ފެށިގެން ކަމަށްވާތީ، ފަހު 10ގެ ޗުއްޓީގެ ގޮތުގައި ޖުމްލަ 16 ދުވަސް ލިބޭނެއެވެ.

ހުކުރު ހޮނިހިރާއެކު، އެޕްރީލް މަހު ސަރުކާރު ބަންދުވާ ގޮތަށް މިހާތަނަށް އޮތީ 17 ދުވަހުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން އެޕްރީލް 21 އާއި 22 ވެސް ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި މިއަދު ހަމަޖެއްސެވުމުން، އެޕްރީލްގެ ބަންދު ދުވަސްތަކުގެ އަދަދު 19 އަށް އެރީއެވެ.

އެޕްރީލްގައި ސަރުކާރު ހުޅުވިފައި ހުންނާނީ 11 ދުވަހުއެވެ. އެއީ ފުރަތަމަ ދެ ހަފުތާ ފުލްކޮށް ބަންދަށް ލިބިފައި، ތިން ހަފުތާ އެއްކޮށާއި ހަތަރު ވަނަ ހަފުތާގެ ފަހު ތިން ދުވަހާއި ފަސް ވަނަ ހަފުތާގެ ފުރަތަމަ ތިން ދުވަހެވެ.

އެޕްރީލްގައި ސަރުކާރު ބަންދު ދުވަސްތައް ރަތް ގޮޅިން ފާހަގަކޮށްފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ފެނަކަ އަކަށް ބަންދެއް ނޫން ފަހުދިހައެއް. ހަމަ
    ހުރިހާ މުވައްޒަފުން ނިކުންނަޖެހޭ . އިދާރީ މުވައްޒަފުން ވެސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *