Support Us

ދެ އަތް ބުރިވުމުން އެހެން މީހެއްގެ ދެ އަތް ޖަހައިފި

ވެރިރަށް ނިއުދިއްލީގެ އުމުރުން 45 އަހަރުގެ ކުރެހުންތެރިޔާ ރާޖް ކުމާރު 2020 ވަނަ އަހަރު އޮކްޓޫބަރުގެ ދުވަހެއްގައި ރޭލު ދަގަނޑެއް ހުރަސް ކުރަން އުޅުނެވެ. ނަމަވެސް އޭނާގެ އަތުން އޭނާގެ ބައިސްކަލު ކޮންޓްރޯލުން ނެއްޓުނެވެ. ނަތީޖާއަކަށްވީ އޭނާ ރޭލު ދަގަނޑުމައްޗަށް ވެއްޓި، ދެ އަތް ރޭލެއްގެ ދަށުވެ، ފިސްފިސްވެ، ބުރިކޮށްލަން ޖެހުމެވެ.

ނަމަވެސް ރާޖް އަކީ ވަރަށް ނަސީބު ގަދަ ކުރެހުންތެރިއެކެވެ. ސިކުނޑި މަރުވެފައިވާ އަންހެނެއްގެ ދެ އަތް އޭނާއަށް ލިބުނެވެ. އަދި ރާޖް އަކީ ފިރިހެނެއް ކަމަށް ވިޔަސް އޭނާ އަށް ލިބުނު އަންހެނެއްގެ ދެ އަތް އޭނާ އާ ގުޅެއެވެ. އަދި އަންހެން މީހާގެ ލޭ ވެސް އޭނާ އާ ގުޅުނެވެ.

ދިއްލީގެ ސްކޫލެއްގެ އިސް މަގާމެއްގައި އުޅުނު މީނާ މެހެތާ މަރުވުމުގެ ކުރިން އޭނާގެ ގުނަވަންތައް އެކި މީހުންނަށް ހަދިޔާކުރަން ކޮށްފައިވާ ވަސިއްޔަތެއްގެ ސަބަބުން ރާޖް އަށް އެ އަންހެން މީހާގެ ދެ އަތް ލިބުނީއެވެ.

ރާޖްގެ ބުރިކޮށްލާފައިވާ ދެ އަތުގައި އަންހެން މީހާގެ ދެ އަތް ހަރުކުރަން 11 ޑޮކްޓަރުންގެ ޓީމެއް 12 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރިއެވެ. އަދި ރާޖް ވެސް އެންމެ ހަ ހަފުތާގެ ތެރޭގައި މުޅިން ރަނގަޅުވިއެވެ. އެއީ ދިއްލީގެ ސާ ގަންގާ ރާމް ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަނެކެވެ.

މީނާގެ ދެ އަތް ރާޖް އަށް ލިބުމުގެ ކުރިން ޑޮކްޓަރުން ވަނީ "ޕްރޮސްތެޓިކް" ދެ އަތް ރާޖްގެ އަތް ބުރިވި ހިސާބުގައި ޖަހައިފައެވެ. ނަމަވެސް މި ތަހުލީލު މާ ކާމިޔާބު ތަހުލީލަކަށް ނުވިއެވެ.

ރާޖްގެ ހަށިގަނޑުގައި ދެ އަތް ހަރުކުރަން ކުރި އޮޕަރޭޝަނަކީ "ބައިލެޓަރަލް ހޭންޑް ޓްރާންސްޕްލާންޓް" ކިޔާ ސާޖަރީއެކެވެ. މި އޮޕަރޭޝަންގައި އޭނާގެ ކަށިތަކާއި ލޭ ނާރުތަކާއި މަސްތަކާއި ހަން ވެސް ވަނީ މީނާގެ ދެ އަތުގެ މި އެއްޗެއްސާ ގުޅުވައިފައެވެ.

"ރާޖްގެ ލެއާ މީނާގެ ލޭ ގުޅޭކަން އެނގުމުން ރާޖް މި އޮޕަރޭޝަނަށް އެކަށޭނެކަން އަހަރެމެންނަށް ޔަގީން ކުރެވުނު،" އޮޕަރޭޝަންގައި ބައިވެރިވެޑައިގަތް ހޮސްޕިޓަލްގެ ޕްލާސްޓިކް ސާޖަރީ ދާއިރާގެ އިސް ކޮންސަލްޓަންޓް ޑރ. ސްވަރޫޕް ސިންގް ގަމްބީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަފުތާއެއްގެ ތެރޭގައި ރާޖް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ.

ރާޖްގެ އޮޕަރޭޝަން ކުރި މި ހޮސްޕިޓަލް ވެފައިވަނީ އުތުރު އިންޑިއާގައި އަތް ޖެހުމުގެ އޮޕަރޭޝަން ކުރުމުގެ ހުއްދަ ފުރަތަމަ ލިބުނު ހޮސްޕިޓަލަށެވެ. އެއީ 2023 ވަނަ އަހަރު ފެބްރުއަރީ މަހު ހުއްދަ ލިބުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *