...

Support Us

ތިލަފުށި ފޭސް ދޭކުން ސިނާއީ ބޭނުމަށް 108 ބިން ބީލަމަށްލައިފި

ތިލަފުށީގެ ދެވަނަ ފޭހުގައި ސިނާއީ ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ވިއްކުމަށް ޖުމްލަ 108 ޕްލޮޓް ބީލަމަށް ލައިފިއެވެ.

އެޗް.ޑީ.ސީން ބުނި ގޮތުގައި އޮންލައިން މި ބިޑްގައި ބައިވެރިވެވޭނީ ބިޑް ޕޯޓަލްގައި (https://bids.hdc.mv/) ރަޖިސްޓްރީ ވެގެންނެވެ.

ތިލަފުށީ ފޭސް 2އިން ބީލަމަށްލާ ބިމުގެ ތަފްސީލް

  • 2،500 -4،999 އަކަފޫޓުގެ 64 ޕްލޮޓް
  • 5،000 -9،999  އަކަފޫޓުގެ 42 ޕްލޮޓް
  • 10،000 -14،999 އަކަފޫޓުގެ 2 ޕްލޮޓް

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ފުޅިތަކަށް ގޭސް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް އެ ތަނުގައި ކުރަމުން ދެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަރ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެއެވެ. މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަމާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވާނެއެވެ.

"ތިލަފުށްޓަކީ ވިޔަފާރިވެރިނަނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްގީ ކުރެވެމުން އަންނަ ރަށެކެވެ. މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށްކަން ފާހަގަކުރަމެވެ." އެޗް.ޑީ.ސީން ބުންޏެވެ.

 

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.