Support Us

ވާވޭ ޓެކްނޮލޮޖީޒް އާ ގުޅިގެން ސައޫދީ އަރަބިއްޔާ އާޓިފިޝަލް އިންޓެލިޖެންސް އަށް އަހުލުވެރިވަނީ

އާޓިފިޝަލް އިންޓެލިޖެންސް އަށް އަހުލުވެރިވުމަށްޓަކައި، ވާވޭ ޓެކްނޮލޮޖީޒްގެ އެހީތެރިކަން ހޯދާނެ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ. ސައޫދީ އަރަބިއްޔާ އިން ބުނީ އުންމީދަކީ އާޓިފިޝަލް އިންޓެލިޖެންސުން އަރަބި ބަސް ދެނެގަންނަ ނިޒާމެއް އުފެއްދުން ކަމަށެވެ.

އާޓިފިޝަލް އިންޓެލިޖެންސް އިން އަރަބި ބަސް މުއްސަނދިކުރުމަށް އަލިއަޅުވާލައްވައި، މާޖިދު އައްތުވޭޖްރީ ވިދާޅުވީ – އާޓިފިޝަލް އިންޓެލިޖެންސް އިން އަރަބި ބަސް ދެނެގަތުން އަދި ވަަރަށް ފަގީރު ކަމަށެވެ. ސައޫދީ އަރަބިއްޔާގެ ވިސްނުމަކީ، މާޖިދު ވިދާޅުވި ގޮތުގައި – މި ދާއިރާގައި މައުލޫމާތު ތަނަވަސް ލީޑަރަކަށް ވުމެވެ. އަރަބި ބަހުން ވާހަކަދެއްކުމާއި ލިޔެކިޔުމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކުރުމެވެ. މާޖިދު އައްތުވޭޖްރީ އަކީ، ނެޝަނަލް ސެންޓާ ފޮ އާޓިފިޝަލް އިންޓެލިޖެންސްގެ ޗީފް އެގްޒެކެޓިވް އެވެ.

ވާވޭ އާ ގުޅިގެން ބޮޑު ޕްރޮޖެކްޓެއް ފަށާއިރު، ސައުދީ އަށް އެއްވެސް ހުރަހެއް އޮތްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މާޖިދު ވިދާޅުވީ، ވާވޭ އާ އެކު ކުރާ މަސައްކަތްތަކުގައި އެއްވެސް ވަރަކަށް 5ޖީ ޓެކްނޮލޮޖީ ނުހިމެނޭ ކަމަށެވެ. ސައުދީ އާއި އެމެރިކާ އާ އޮތް ގާތްކަމަށް ބަލާއިރު، ވާވޭ އާ އެކު މަސައްކަތްކުރުން ސައުދީ އަށް ދަތިވުން އެކަށީގެންވެ އެވެ.

ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް އަކީ އެމެރިކާ ބްލެކް ލިސްޓްކޮށްފައި އޮތް ކުންފުންޏެކެވެ. އެމެރިކާ ތުރުމަތުކުރާ ގޮތުގައި، ޗައިނާ ސަރުކާރަށް ވާވޭ ޖާސޫސްކޮށްދެ އެެވެ. ވާވޭ އިން ޖާސޫސްކުރަނީ އެ ކުންފުނިން އުފައްދާ ނެޓްވޯކް އާލާތްތައް ބޭނުންކޮށްގެން ކަމަށް އެމެރިކާ ބުނެ އެވެ. ވާވޭ އިން މިކަމަށް ވަރަށް ބޮޑަށް އިންކާރުކުރެ އެވެ. އަނެއްކޮޅުން ވާވޭ ޖާސޫސްކުރާ ކަމުގެ އެއްވެސް ހެއްކެއް އެމެރިކާ އަށް – މި ތާރީޚާ ހަމަ އަށް ދެއްކިފައެއް ނުވެ އެވެ.

ސައޫދީ އަރަބިއްޔާގައި ސްމާޓް ސިޓީތަކެއް އުފެއްދުމަކީ ވެސް ސައުދީގެ ވިސްނުމެވެ. މި މަސައްކަތްތަކުގައި ސައޫދީގެ ބައިވެރި އަކީ އައިބީއެމް އާއި އަލީބާބާ ގްރޫޕެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *