Support Us

ޖައްވީ އުޅަނދެއް ޖައްވީ ހިލައަކާ މުޑިއަރުވައިލުމުގެ ނަތީޖާ ފެންނާނެ ގޮތުގެ ހިޔާލީ ކުރެހުމެއް

ޖައްވީ ހިލައެއް ދައުރުވާ މަގު ބަދަލުކޮށްލަން އުޅަނދަކުން މުޑިއަރުވައިލަނީ

ދުނިޔޭގެ ހިމާޔަތަށްޓަކައި، ޖައްވީ ހިލައެއްގެ ދައުރުވާ މަގު ބަދަލުކޮށްލަން ޖައްވީ އުޅަނދެއް އެ ހިލައާ މުޑިއަރުވައިލަން ޗައިނާއިން ނިންމައިފިއެވެ.

ފުޅާމިނުގައި 30 މީޓަރު ހުރި، "2015 އެކްސް.އެފް.261″ގެ ނަން ދީފައިވާ އެސްޓެރޮއިޑް، އިރުގެ ވަށައިގެންޖަހަމުންދާ މަގު ނުވަތަ އޯބިޓުން، ދުނިޔެއާ އެންމެ ކައިރިވާނީ 2030 ގައި ކަމަށްވާތީ، އެއާ ސްޕޭސްކްރާފްޓެއް މުޑިއަރުވައިލާނީ އެ ޖައްވީ އުޅަނދުގެ ދުވެލި، އަޑު ދަތުރުކުރާ ވަރަށްވުރެ 26 ގުނަ އަވަސް ދުވެއްޔެއްގައެވެ.

މިއީ ޖައްވުގައި ދައުރުކުރާ ނުރައްކާތެރި ހިލަތަކުން ދުނިޔެ ސަލާމަތްކުރަން ޗައިނާއިން ތަހުލީލުކުރަން ބޭނުންވާ ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ.

މި އެސްޓެރޮއިޑަށް ސްޕޭސްކްރާފްޓެއް މުޑިއަރުވައިލައިއިރު ޗައިނާއިން ނިންމައިފައިވަނީ އެހެން ޖައްވީ އުޅަނދެއް ފޮނުވައިގެން، މުޑިއަރުވައިލި މަންޒަރާއި އެ އެސްޓެރޮއިޑާ ބެހޭ އެހެނިހެން ކަންތައްތައް ކުރިއަށް އޮތް އަހަރުތަކުގައި ދިރާސާކުރާށެވެ.

"މުޑިއަރުވައިލުމުން އެސްޓެރޮއިޑްގެ އޯބިޓާއި އެތެރޭގެ ސްޓްރަކްޗަރަށް ބަދަލު އަންނާނެ ގޮތް މި މިޝަނުން އެނގިގެންދާނެ ކަމަށް އުއްމީދުކުރަން،" ސައިންސްވެރިޔަކު ބުންޏެވެ.

އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން 2022 ގައި މި ފަދަ މިޝަނެއް ހިންގި ނަމަވެސް، އެ ފަހަރު ޖައްވީ އުޅަނދެއް މުޑިއަރުވައިލި ޖައްވީ ހިލައެއް އިރުގެ ވަށައިގެން ބުރު ޖަހަމުންދާ މަގަށް ބަދަލެއް ނާދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *