Support Us

ސޯޝަލް މީޑިއާއިން ކުޑަކުދިން ރައްކާތެރިކުރަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް

ސޯޝަލް މީޑިއާއަކީ ކުޑަކުދިންނަށް ރައްކާތެރި އެއްޗެއް ކަމަށް ހަދަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުން ބިލެއް އެކަށައަޅައިފިއެވެ.

ކޮންގްރެސްގެ ދަށުގެ ކަމަށްވާ ހައުސްގެ ހަކަތަ އާއި ވިޔަފާރިއާ ބެހޭ ކޮމިޓީން ބުނީ މި ބިލަށް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ވެސް ތާއީދު ލިބިފައިވާ ކަމަށެވެ.

މިއީ އޮންލައިން ދުނިޔޭގައި ކުޑަކުދިން ރައްކާތެރި ކުރުމަށާއި ސޯޝަލް މީޑިއާ ހިންގާ ކުންފުނިތައް ރެގިއުލޭޓް ކުރަން އެމެރިކާގައި ކުރަމުންދާ އެތައް އަހަރު ވީ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ބިލުގައިވާ ކަންތައްތަކުގެ ތަފުސީލު މި ވަގުތު ހާމަކުރަން ކޮމިޓީން ދެކޮޅުހެދިއެވެ. ނަމަވެސް ކޮމިޓީން ބުނީ ކުޑަކުދިންނަށް ބޭނުންވާނެ އަދި ބެލެނިވެރިން ވެސް އެދިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބިލުގައި ހިމަނައިފައިވާ ކަމަށެވެ.

"އަހަރެމެން ޔަގީންކަން ދެން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ޒިންމާރު ކުރުވައިނަންކަން،" ކޮމިޓީން ބުންޏެވެ.

ބިލާ ދެކޮޅު ފަރާތްތަކާއި އޮންލައިން ސިނާއަތްތަކުގެ ގްރޫޕްތަކުން ބުނީ މި ފަދަ ގަވައިދުތަކުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަށާއި ސޯޝަލް މީޑިއާ މަންސަތަކަށް ބޮޑެތި ބުރަތަކެއް އުފުލަން ޖެހޭނެ ކަމަށެވެ.

އިންޓަނެޓަކީ މިނިވަން ވިޔަފާރި އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ތަނެއް ކަމަށް ހަދަން ވަކާލާތުކުރާ، އަދި ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކަށް އަޑުއުފުލައިދޭ ނެޓްޗޮއިސްއިން ބުނީ ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރާ ގާނޫނުތަކުން ރައްޔިތުންނަށް ލިބިދޭ ދުސްތޫރީ ހައްގުތަކާއި މައިންބަފައިންނާއި ބެލެނިވެރިންނަށް ލިބޭ އިހްތިޔާރު ކުރުމުގެ މިނިވަން ކަމަށް ހުރަސްއެޅޭނެ ކަމަށެވެ.

ސޯޝަލް މީޑިއާއިން ކުޑަކުދިން ރައްކާތެރި ކުރާ ގަވައިދުތަކެއް މެލޭޝިއާ ފަދަ ގައުމުތަކުން ހަދައިފައިވާއިރު އޮސްޓްރޭލިއާގައި ވަނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ އެއްކޮށް މަނާކުރާ ގާނޫނެއް ތަންފީޒުކޮށްފައެވެ. އަދި އިނގިރޭސި ވިލާތުން ވެސް ވަނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ އަންނަ އަހަރު އެއްކޮށް މަނާ ކުރަން ނިންމައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *