Support Us

އިންޓަނެޓަކީ ކުޑަކުދިންނަށް ރައްކާތެރި ތަނެއް ގޮތަށް ހެދުމުގެ މަސައްކަތް އަވަސްކުރަން އދ.އިން ގޮވައިލައިފި

އިންޓަނެޓަކީ ކުޑަކުދިންނަށް ރައްކާތެރި ތަނެއް ގޮތަށް ހެދުމުގެ މަސައްކަތް އަވަސްކުރަން އދ.އިން ގޮވައިލައިފިއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކާ ޓާކް (ފޮޓޯ) އިއްޔެ ބުނީ އިންޓަނެޓުގައި ހަނގާކުރުމުގެ ޝިކާރައަކަށްވުމާއި ނުރައްކާ ކޮންޓެންޓް ހުރުމާއި އަދި ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލައާމެދު ކަންބޮޑުވާ ކަމަށެވެ.

"މި ކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ސަރުކާރުތަކަށާއި ޓެކްނޮލޮޖީ ކުންފުނިތަކަށް ގޮވައިލަން. ކުޑަކުދިންނަށް އިންޓަނެޓް ރައްކާތެރި ތަނަކަށް ހެދުމަކީ މުޅި ދުނިޔެއިން ވެސް އިސްކަމެއް ދޭ ކަމެއް ކަމަށް ހަދަން ޖެހޭ،" އޭނާ ބުންޏެވެ.

ޓާކް ބުނީ ގިނަ އަދަދެއްގެ ޑިޖިޓަލް މަންސަތައް ފަރުމާކޮށްފައިވަނީ ކުޑަކުދިން ނުރައްކަލަށް ހުށަހެޅޭ ގޮތަށް ކަމަށެވެ.

އޭނާ ސަރުކާރުތަކަށް ގޮވައިލީ އިންޓަނެޓް ރަނގަޅަށް މެނޭޖް ކުރުމަށާއި އިންޓަނެޓް ބޭނުންކުރާ ކުޑަކުދިންނަށް ރައްކާތެރިކަން ލިބޭނެ ގޮތަށް މިހާރަށްވުރެ ވަރުގަދަ ގާނޫނުތައް ހެދުމަށެވެ. އޭނާ ޓެކްނޮލޮޖީ ކުންފުނިތަކަށް ގޮވައިލީ ސޯޝަލް މީޑިއާ އާއި އޮންލައިންކޮށް ދޭ ހިދުމަތްތަކުގައި މިހާރަށްވުރެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނުމަށެވެ.

"ކުޑަކުދިންނަށް ހައްގު ރައްކާތެރި ޑިޖިޓަލް މާހައުލެއް،" ޓާކް ބުންޏެވެ.

އިންޓަނެޓަކީ ރައްކާތެރި ތަނަކަށް ހަދަން އަވަސްކުރަން އދ.އިން މި ގޮވައިލީ ސޯޝަލް މީޑިއާ ކުންފުނިތަކަށް ހަރުކަށި ގަވައިދުތަކެއް ހެދުމާއި އިންޓަނެޓް ބޭނުންކުރާ ކުޑަކުދިންގެ އުމުރު ކަނޑައެޅުމާ ބެހޭ ގޮތުން މުޅި ދުނިޔޭގައި ބަހުސްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ކުޑަކުދިންނަށް ހައްދުތަކެއް މުޅި ދުނިޔޭގައި މިހާރު ދަނީ ކަނޑައަޅަމުންނެވެ. އެއީ މި ދިޔަ އަހަރު ޑިސެމްބަރުގައި އޮސްޓްރޭލިއާގައި ސޯޝަލް މީޑިއާ ބޭނުންކުރުން އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރުމާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *