Support Us

އެމެރިކާއާއެކު ސުލްހަ ގާއިމުކުރަން އީރާނަށް އެހީވާނަން: ރަޝިޔާ

އެމެރިކާއާއެކު ސުލްހަ ގާއިމުކުރަން އީރާނަށް އެހީވާނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ.

މި ކަމާ ގުޅޭ ގޮތުން ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޮފް (ފޮޓޯ) އިއްޔެ ވަނީ އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީއަށް ފޯން ކޯލެއް ކުރައްވައިފައެވެ.

"މެދުއިރުމަތީގައި އަލުން ހަމަނުޖެހުންތަކެއް އުފެދުނަ ނުދިނުމަކީ މުހިންމު ކަމެއް. ސުލްހަ ގާއިމުކުރަން ރަޝިޔާއިން އެހީވާނަން،" ލަވްރޮފް އަރާޣްޝީގެ އަރިހުގައި ދެންނެވި ކަމަށް ރަޝިޔާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"މިއީ އަސްކަރީ ހައްލެއް އޮތް ކަމެއް ނޫން،" ލަވްރޮފް ވިދާޅުވި ކަމަށް ބަޔާނުގައި ބުންޏެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ޕާކިސްތާންގައި ހޮނިހިރު ދުވަހު ބޭއްވި، ކޮޅެއްގައި ނުޖެހުނު ސުލްހައިގެ ވާހަކަތަކުގެ ތަފުސީލުތައް އަރާޣްޝީ ލަވްރޮފްއަށް ދެއްވި ކަމަށް ބަޔާނުގައި ބުންޏެވެ.

ލަވްރޮފް މިއަދު ވަނީ ޗައިނާއަށް ވަޑައިގަންފައެވެ. ޗައިނާ އާއި ރަޝިޔާއަކީ ވެސް އީރާންގެ އެކުވެރިންނެވެ.

އެމެރިކާއިން މިހާރު ނިންމައިފައިވަނީ އީރާންގެ ބަނދަރުތަކަށް ދާ އުޅަނދުތަކާއި އެ ބަނދަރުތަކުން ފުރާ އުޅަނދުތަކަށް ހުރަސްއަޅައިށެވެ.

ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލަން އެމެރިކާ އާއި އީރާނުން މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމައިފައެވެ. ހޮނިހިރު ދުވަހު ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދިޔައީ އެ ގޮތުގެ މަތިންނެވެ. ނަމަވެސް އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ މުއާހަދާއެއް ގާއިމު ނުކުރެވުމުން އެމެރިކާއިން ބޭނުންވާ ކަންތައްތަކަށް އީރާނުން ދޫދެންދެން އީރާންގެ ބަނދަރުތަކަށް ހުރަސްއަޅަން ފުރަތަމަ ކަމެއްގެ ގޮތުގައި އެމެރިކާއިން ނިންމީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *