Support Us

އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓް (އައި.އޭ.ޓީ)ގެ އޭ.ޓީ.އާރް 42-500 މަރުކާގެ މަތިންދާބޯޓެއް

ގެއްލުނު އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓްގެ މަތިންދާބޯޓު އަދިވެސް ނުފެނޭ

މިއަދު ފަތިހު ގެއްލުނު އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓް (އައި.އޭ.ޓީ)ގެ އޭ.ޓީ.އާރް 42-500 މަރުކާގެ މަތިންދާބޯޓު އަދިވެސް ނުފެންނަކަމަށް އޮފިޝަލުން ބުނެފިއެވެ.

ޔޮގްޔަކާޓާ ސިޓީން މަކައްސަރު ސިޓީއަށް ދަތުރުކުރަމުންދިޔަ ފްލައިޓްގައި 11 މީހުން ތިއްބެވެ. އެއީ އަށް ފަޅުވެރިންނާއި ތިން ފަސިންޖަރުންނެވެ.

މުވާސަލާތީ ގުޅުން ކެނޑުނީ ސައުތު ސުލަވެސީ ޕްރޮވިންސްގެ މަރޮސް ޑިސްޓްރިކްޓްއާ ހިސާބުންނެވެ.

މީހުން ހޯދައި ސަލާމަތްކުރުމާ ބެހޭ އިދާރާ ބަސަރްނަސްއިން ބުނީ ޓޫރިސްޓުން ޒިޔާރަތްކުރާ އެ ގުދުރަތީ ރީތިކަން ހިމެނޭ ލިއަންގް-ލިއަންގް އަދި ބަންޓިމުރުންގް ސަރަހައްދަށް މަތިންދާބޯޓު ހޯދަން ވަގުތުން ޓީމުތައް ފޮނުވިކަމަށެވެ.

އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ މަދަނީ އުދުހުންތަކާ ބެހޭ ޑިރެކްޓަރު ޖެނެރަލް ލުގްމާން ލައިސާ

މަތިންދާބޯޓު ދަތުރުކުރަމުންދިޔައީ ނުބައި މަގުންކަމަށްވާތީ މަކައްސަރުގެ އެއާޕޯޓުގެ ރަންވޭއާ ދިމާވާ ގޮތަށް މަގު ރަނގަޅުކޮށްލަން އެއާ ޓްރެފިކް ކޮންޓްރޯލުން އެންގިކަމަށް އޮފިޝަލުން ބުންޏެވެ.

"މަގު ރަނގަޅުކުރަން އެންމެ ފަހުގެ އިރުޝާދު ދިންތަނާ ފްލައިޓާ ގުޅުން ކެނޑުނީ،" ދަތުރުފަތުރާ ބެހޭ ވުޒާރާގެ މަދަނީ އުދުހުންތަކާ ބެހޭ ޑިރެކްޓަރު ޖެނެރަލް ލުގްމާން ލައިސާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *