Support Us

ޒަހަމްކޮށްލައިފައިވާ ސްޕައިސްޖެޓްގެ ފަސިންޖަރު އަންކިޓް ދެވަން (ކ) އަދި އޭނާއަށް ހަމަލާ ދިން އެއާ އިންޑިއާ އެކްސްޕްރެސްގެ ޕައިލެޓް ވިރެންދަރު ސެޖްވަލް

ފަސިންޖަރަކަށް ހަމަލާދިން ޕައިލެޓެއް ސަސްޕެންޑް

އިންޑިއާގެ ވެރިރަށް ދިއްލީގެ ބައިނަލްއަގުވާމީ އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓްގައި ސްޕައިސްޖެޓް އެއާލައިންގެ ފަސިންޖަރަކަށް ހަމަލާދިން އެއާ އިންޑިއާ އެކްސްޕްރެސްގެ ޕައިލެޓެއް މަގާމުން ސަސްޕެންޑްކޮށްފިއެވެ.

އެކްސްގައި ހިއްސާކޮށްފައިވާ ފޮޓޯއަކާއެކު ފަސިންޖަރު އަންކިޓް ދެވަން ބުނެފައިވަނީ އޭނާއަށް ކެޕްޓަން ވިރެންދަރު ސެޖްވަލް ހަމަލާދިނީ މުވައްޒަފުން ޗެކުކުރާ ސެކިއުރިޓީ ސަފުގައި ހުއްޓައި ކަމަށެވެ.

މޫނުގެ ވައަތްފަޅިން އެތައް ތަނެއް ކަނޑައިގެން ގޮސް ލޭ އަންނަމުންދިޔަ ފޮޓޯ ހިއްސާކުރަމުން އަންކިޓް ބުނީ ޕައިލެޓުންނާއި އެހެނިހެން މުވައްޒަފުން ބޭނުންކުރާ ސެކިއުރިޓީ ކިއުއަށް ވަނުމަށް ރަސްމީ ފަރާތްތަކުން އަންކިޓަށް ހުއްދަ ދިނީ އަންކިޓުގެ އުމުރުން އެންމެ ހަތަރު މަހުގެ ދަރިފުޅާއެކު ހުރުމުން އަންކިޓުގެ އާއިލާއަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.

ކިއޫގައި ވިރެންދަރު ހުރި ކަމަށްވަނީ އޭނާގެ ޑިއުޓީ ނޫން ގަޑީގައެވެ.

އަންކިޓް ބުނީ ވިރެންދަރު ފަދައިން އެހެން މުވައްޒަފުން ވެސް ކިއު ފަޅައިލައިފައި އަންކިޓާއި އަންކިޓުގެ އަނބިމީހާ އާއި ދެ ދަރިންގެ ކުރިމައްޗަށް އަރަމުންދިޔަ ކަމަށެވެ. އަދި އެ ސްޓާފުން އަންކިޓާ ޒުވާބުކުރި ނަމަވެސް ހަމަލާދިނީ ހަމައެކަނި ވިރެންދަރު ކަމަށެވެ.

"ވިރެންދަރު އަހަރެންނާ ދިމާއަށް ބުނި ތިޔައީ ބޯޑުތަކުގައި ލިޔެފައިވާ މައުލޫމާތު ކިޔަން ނޭނގޭ، ތައުލީމެއް ނެތް މީހެއްހޭ،" އަންކިޓް ބުނެފައިވެއެވެ.

"މި ހާދިސާ ރިޕޯޓް ނުކުރުމަށް ވެސް އަހަރެންނަށް ބާރުއެޅި،" އޭނާ އިތުރަށް ބުނެފައިވެއެވެ.

އެއާ އިންޑިއާ އެކްސްޕްރެސްއިން އިއްޔެ ބުނީ ވިރެންދަރު ސަސްޕެންޑްކޮށްފި ކަމަށެވެ.

އިންޑިއާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިހާރު ވަނީ މި މައްސަލަ ރަސްމީކޮށް ތަހުގީގު ކުރަން އަމުރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *