Support Us

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު އަލުން ކުރިއަށްދާ ހަނގުރައިމައިގެ ސަބަބުން ގެދޮރު ދޫކޮށްފައި ދިޔަ އާއިލާތަކުގެ ކުޑަކުދިންތަކެއް، ހައިރާތުގެ ގޮތުގައި ބަހާ ތަކެތި، ކެމްބޯޑިއާގެ އަވަށެއްގައި ބަލައިގަންނަނީ

ބޯޑަރު ބަންދުކޮށް ތައިލެންޑާއި ކެމްބޯޑިއާއިން ހަނގުރާމަ ކުރިއަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެހުންނަވައިގެން ތައިލެންޑާއި ކެމްބޯޑިއާގެ ދެމެދުގައި ގާއިމުކުރެއްވި ސުލްހައިގެ އެއްބަސްވުން އުވައިލައި، މި މަހު ހަތެއްގައި ފެށުނު ހަމަނުޖެހުންތައް ބޮޑުވެ، ދެ ގައުމުން ބޯޑަރު ބަންދުކޮށް އަލުން ހަނގުރާމަ ފަށައިފިއެވެ.

ސުލްހަ އަދިވެސް ދެމިއޮތްކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ހޮނިހިރު ދުވަހު ވެސް ދެ ގައުމުން ދިޔައީ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މިހެންވެ ތައިލެންޑުންވަނީ ޓްރަމްޕަށް ފާޑުކިޔައިފައެވެ.

"ކަންތައްތައް އޮތް ގޮތް ރަނގަޅަށް އެނގިވަޑައިނުގަނެ ޓްރަމްޕް ވިދާޅުވީ ސުލްހަ ދެމިއޮތްކަމަށް،" ތައިލެންޑްގެ ހާރިޖީ ވަޒީރު ސިހަސަކް ފުއަންގްކެޓްކިއައު ވިދާޅުވިއެވެ.

"ޓްރަމްޕަށް ބައެއް ކަންތައްތައް އޮތީ ސާފުނުވެފައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު އަލުން ކުރިއަށްދާ ހަނގުރައިމައިގެ ސަބަބުން ގެދޮރު ދޫކޮށްފައި ދިޔަ އާއިލާތަކުގެ އަންހެނުންތަކެއް، ކެމްބޯޑިއާގެ އަވަށެއްގައި ކައްކަނީ

ބޯޑަރު ބަންދުކޮށް ހަނގުރާމަ އަލުން ފެށުމުން އެތައް ހާސް ބަޔަކުވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.
"ވަކި ގޮތަކަށް އަހަރެމެން އިއުލާންކުރަންދެން ބޯޑަރު ބަހައްޓާނީ ބަންދުކޮށްފައި،" ކެމްބޯޑިއާގެ ދާހިލީ ވުޒާރާއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް