Support Us

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގައި ބަދަލުކުރި ހަމަލާތަކުގެ ސަބަބުން ޒަހަމްވި ތައިލެންޑްގެ ސިފައިންގެ މީހަކު ފަރުވާ ދިނުމަށް ގެންދަނީ

ސުލްހައިގެ އެއްބަސްވުން މުގުރައިލައި ތައިލެންޑާއި ކެމްބޯޑިއާއިން ހަމަލާ ބަދަލުކުރަން ފަށައިފި

ތައިލެންޑާއި ކެމްބޯޑިއާގެ ދެމެދުގައި ގާއިމުކުރި ސުލްހައިގެ މުއާހަދާ މުގުރައިލައި ދެ ގައުމުން ހަމަލާ ބަދަލުކުރަން ފަށައިފިއެވެ.

ހަމަލާތަކުގައިވަނީ ކެމްބޯޑިއާގެ ހަތަރު އާއްމުންގެ މީހުންނާއި ތައިލެންޑްގެ ސިފައިންގެ މީހަކު މަރުވެފައެވެ.

ތައިލެންޑުން މިއަދު ބުނީ ކެމްބޯޑިއާއަށް ހަމަލާ ދިނީ ކެމްބޯޑިއާއިން ފުރަތަމަ ހަމަލާދިނީމާ އެ ކަން ހުއްޓުވައިލަންކަމަށެވެ.

"ތައިލެންޑުން އެއްވެސް އިރެއްގައި އަނިޔާވެރިކަމެއްގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫން. ނަމަވެސް އަހަރެމެންގެ އިސްތިގުލާލަށް ކުރާ ނުރައްކާތަކަށް ރައްދު ނުދީ ނުހުންނާނަން،" ޓީވީން ދުރަށް ފޮނުއްވެވި ހިތާބެއްގައި ތައިލެންޑްގެ ބޮޑުވަޒީރު އަނުޓިން ޗަރްންވިރަކުލް ވިދާޅުވިއެވެ.

ކެމްބޯޑިއާއިން ބުނީ ފުރަތަމަ ހަމަލާދިނީ އެ ގައުމަކުން ނޫންކަމަށެވެ.

"ފަރުވާތެރިކަމާއެކު ބޯޑަރު ބަލަހައްޓަމުން ސުލްހަވެރި ގޮތުގައި ހަމަނުޖެހުންތައް ހައްލުކުރާނަން،" ކެމްބޯޑިއާގެ އޮފިޝަލަކު ބުންޏެވެ.

ބޯޑަރުގައި ހަމަލާތައް ބަދަލުކުރަން ފެށުމާއެކު ހަމަނުޖެހުންތައް އިތުރަށް ފުޅާވެދާނެތީ ދެ ގައުމުގެ ރައްޔިތުންގެ ތެރެއިން ބޯޑަރު ކައިރީގައި އުޅޭ އެތައް ހާސް ބަޔަކު މިހާރުވަނީ ރައްކާތެރި ސަރަހައްދުތަކަށް ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް