Support Us

ތޫފާން ދީތުވާގައި ލަންކާގެ ވެރިރަށް ކޮޅުނބުގެ ވެއްލަމްޕިޓިޔަ އަވަށުގައި ފެންބޮޑުވުމުން އަންހެނަކު އޭނާގެ ގެއިން މުދާ ސަލާމަތްކުރަނީ

ލަންކާއަށް އައި "ދީތުވާ" ތޫފާންގައި 618 މަރު ކަށަވަރުވެ، އިތުރަށް ބިންގަނޑު ކަނޑައިގެންދިއުމުގެ އިންޒާރު

ސްރީ ލަންކާއަށް މި ދިޔަ ހަފުތާގައި ކުރިމަތިވި "ދީތުވާ" ތޫފާންގައި މަރުވި މީހުންގެ އަދަދު މިހާތަނަށް ބެލިބެލުމުން 618 އަށް އަރައިފައިވާ ކަމަށާއި މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެންދިއުމުގެ ކާރިސާތައް ކުރިމަތިވެދާނެ ކަމަށް ރަސްމީ އިދާރާތަކުން މިއަދު އިންޒާރު ދީފިއެވެ.

"މޫސުމީ ތޫފާންތަކުގައި ބޯކޮށް ވާރޭ ވެހުން އިތުރުވެ، ފަރުބަދަތަކުގެ ފަސްގަނޑު ދަނީ ކައްސަމުން،" އޮފިޝަލަކު ބުންޏެވެ.

ކިސަޑު ފޭބުމުގެ ސަބަބުން އެކަހެރިވެފައިވާ ހިސާބުތަކުގައި ތާށިވެފައިވާ މީހުންނަށް ހެލިކޮޕްޓަރާއި ވައިގެ އުޅަނދުތައް ބޭނުންކޮށްގެން އަދިވެސް ދަނީ އެހީ ފޯރުކޮށްދެމުންނެވެ.

ލަންކާގައި ކާރިސާތައް ބަލަހައްޓާ ޑިސާސްޓާ މެނޭޖްމެންޓް ސެންޓާ (ޑީ.އެމް.ސީ)އިން ބުނީ އާބާދީގެ 10 ޕަސެންޓް ނުވަތަ 2 މިލިއަން މީހުންނަށް ދީތުވާގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ.

ތޫފާން ދީތުވާގައި ލަންކާގެ ނިޔަމްގަމްޑޮރައިގައި ފެންބޮޑުވެފައިވާ ގެތަކެއް

ދީތުވާގައި 75،000 އަށްވުރެ ގިނަ ގެދޮރަށް އެކި ވަރުގެ ގެއްލުންތައް ލިބި، 5،000 އެއްހާ ގެދޮރު އެއްކޮށް ހަލާކުވެގެން ގޮސްފައިވެއެވެ.

ވިއްސާރައާ ކުރިމަތިވެފައިވަނިކޮށް، ލަންކާއަށް މިހާރު ވަނީ ގައުމު އަލުން އާރާސްތު ކުރުމުގެ ބޮޑު މަޝްރޫއަކާ ވެސް ކުރިމަތިލާން ޖެހިފައެވެ.

"އާރާސްތުކުރުމުގެ މަޝްރޫއަށް ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރު (107 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ބެލެވޭ،" އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *