މިހާތަނަށް 12،000 އަހަރު "ނިދައިފައި އޮތް" ފަރުބަދައެއް އިތިއޯޕިއާގައި ގޮވައިފިއެވެ. ނަމަވެސް އެއްވެސް މީހަކު މަރުވެ ނުވަތަ ޒަހަމްވެފައެއް ނުވެއެވެ.
އާދީއްތަ ދުވަހު ގޮވި ހޭލީ ގޫބީގެ ނަން ދީފައިވާ ފަރުބަދައިން އަށް މޭލު (14 ކިލޯމީޓަރު) މައްޗަށް އަޅި ބުރައިގެން ދިޔައެވެ. އަދި އަޅި އާއި ދުމުގެ ވިލާތައް މިހާރު ހުރީ ރަތް ކަނޑުގެ މަތިން ޔަމަނާއި އުމާން އަދި އަރަބި ކަނޑުގެ މަތިން އިންޑިއާގެ އުތުރު ސަރަހައްދުތަކާ ދިމާއަށެވެ.
މި ކަމުގެ ސަބަބުން ސަރަހައްދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވާ ކަމަށް ސައިންސްވެރިން ބުންޏެވެ.
ގަޑިއަކު 100 މޭލު ދުވެލީގައި ހޭލީ ގޫބީގެ އަޅި އާއި ދުމުގެ ވިލާގަނޑު އިންޑިއާއާ ދިމާއަށް ދަތުރުކުރަމުންދާތީ މިއަދު ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހިދާނެ ކަމަށް އިންޑިއާއިން ދަނީ ތައްޔާރުވަމުންނެވެ.

ހޭލީ ގޫބީ ގޮވުމުން އެ ސަރަހައްދުގައި ހުރި އިތިއޯޕިއާގެ ވިލެޖެއް އެއްކޮށްވަނީ އަޅިން ފަރުދާވެފައެވެ.
"ހީވީ ދުމާއި އަޅި އެކުލެވޭ ބޮމެއް އަހަރެމެންނާ ދިމާއަށް ފޮނުވައިލިހެން،" އަހްމަދު އަބްދުﷲ ނަމަކަށް ކިޔާ އިތިއޯޕިއާ މީހަކު ބުންޏެވެ.

އޮފިޝަލެއް ކަމަށްވާ މުހައްމަދު ސައީދު އިންޒާރުދިނީ މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އިގުތިސާދަށް ގެއްލުން ލިބޭނެ ކަމަށެވެ.
"ގިނަ ވިލެޖްތަކެއް އަޅިން ފަރުދާވެފައިވަނީ. ނާމުސޫފިއަށް ކާނެ މާ ގިނަ އެއްޗެއް ނެތް،" އޭނާ ބުންޏެވެ.



advertisment