Support Us

ހޭލީ ގޫބީ ގޮވަނީ (ވ) އަދި އޭގެން ނުކުތް ދުމާއި އަޅި 8 މޭލު (14 ކިލޯމީޓަރު) މައްޗަށް އަރައިފައި

12،000 އަހަރު ފަހުން އިތިއޯޕިއާގެ އަލިފާން ފަރުބަދައެއް ގޮވައިފި

މިހާތަނަށް 12،000 އަހަރު "ނިދައިފައި އޮތް" ފަރުބަދައެއް އިތިއޯޕިއާގައި ގޮވައިފިއެވެ. ނަމަވެސް އެއްވެސް މީހަކު މަރުވެ ނުވަތަ ޒަހަމްވެފައެއް ނުވެއެވެ.

އާދީއްތަ ދުވަހު ގޮވި ހޭލީ ގޫބީގެ ނަން ދީފައިވާ ފަރުބަދައިން އަށް މޭލު (14 ކިލޯމީޓަރު) މައްޗަށް އަޅި ބުރައިގެން ދިޔައެވެ. އަދި އަޅި އާއި ދުމުގެ ވިލާތައް މިހާރު ހުރީ ރަތް ކަނޑުގެ މަތިން ޔަމަނާއި އުމާން އަދި އަރަބި ކަނޑުގެ މަތިން އިންޑިއާގެ އުތުރު ސަރަހައްދުތަކާ ދިމާއަށެވެ.

މި ކަމުގެ ސަބަބުން ސަރަހައްދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވާ ކަމަށް ސައިންސްވެރިން ބުންޏެވެ.

ގަޑިއަކު 100 މޭލު ދުވެލީގައި ހޭލީ ގޫބީގެ އަޅި އާއި ދުމުގެ ވިލާގަނޑު އިންޑިއާއާ ދިމާއަށް ދަތުރުކުރަމުންދާތީ މިއަދު ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހިދާނެ ކަމަށް އިންޑިއާއިން ދަނީ ތައްޔާރުވަމުންނެވެ.

ހޭލީ ގޫބީގެ ދުމާއި އަޅީގެ ވިލާގަނޑު ޔަމަނާއި އޫމާނަށް ފޯރަމުންދާ ގޮތުގެ ސެޓެލައިޓް ފޮޓޯއެއް

ހޭލީ ގޫބީ ގޮވުމުން އެ ސަރަހައްދުގައި ހުރި އިތިއޯޕިއާގެ ވިލެޖެއް އެއްކޮށްވަނީ އަޅިން ފަރުދާވެފައެވެ.

"ހީވީ ދުމާއި އަޅި އެކުލެވޭ ބޮމެއް އަހަރެމެންނާ ދިމާއަށް ފޮނުވައިލިހެން،" އަހްމަދު އަބްދުﷲ ނަމަކަށް ކިޔާ އިތިއޯޕިއާ މީހަކު ބުންޏެވެ.

ހޭލީ ގޫބީގެ ދުމާއި އަޅިން އިތިއޯޕިއާގެ ވިލެޖަކަށް އަސަރުކޮށްފައި

އޮފިޝަލެއް ކަމަށްވާ މުހައްމަދު ސައީދު އިންޒާރުދިނީ މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އިގުތިސާދަށް ގެއްލުން ލިބޭނެ ކަމަށެވެ.

"ގިނަ ވިލެޖްތަކެއް އަޅިން ފަރުދާވެފައިވަނީ. ނާމުސޫފިއަށް ކާނެ މާ ގިނަ އެއްޗެއް ނެތް،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *