ތިބާގެ ލޯބިވެރިޔާ ނުވަތަ އަންހެނުންނާ ތިބާއާ ގުޅުން ކެނޑެން ފަށައިފިކަން އިހްސާސް ކުރެވޭ ހެއްޔެވެ؟ އެހެންވެއްޖެ ނަމަ، އަންނަނިވި 10 ނިޝާނުން މި ކަން ޔަގީންކުރެވިދާނެއެވެ. މި 10 ނިޝާނަކީ:
- ތިބާ އެހެން އަންހެނުންނާމެދު ޝައުގުވެރިކަން އުފެދެން ފެށުން.
- ކުދިކުދި އަރައިރުންވުން ބޮޑެތި "ހަނގުރާމަ"ތަކަކަށް ބަދަލުވާން ފެށުން.
- އެކަކު އެނަކަކާ ހިއްސާ ނުކުރާ ގޮތަށް އެކަނިހައްޓައިގެން ހަޔާތުގެ ރޭވުންތައް ރާވަން ފެށުން.
- އަނެކާ ދެކެ ލޯބިވަނީ ގަދަކަމުންކަމަށް އިހްސާސް ކުރެވުން ނުވަތަ ލޯބިވާކަމުގެ އިހްސާސް ފަނޑުވާން ފެށުން.
- ތިބާ ބޭވަފާތެރިވެއްޖެކަމަށް އޭނާ ތިބާއަށް ކުއްލިއަކަށް ތުހުމަތުކުރަން ފެށުން.
- ތިބާގެ ސަމާލުކަން ހޯދުމުގެ ބަދަލުގައި އެހެން ފިރިހެނުން ހިތްކިޔާނެ ގޮތަށް އޭނާ ހެދުން އެޅުމާއި ނަލަވާން ފެށުން.
- އެ ދުވަހެއްގައި އޭނާ ކުރާ ކަންތައްތަކުގެ ތާވަލުގެ ތަފުސީލުތައް ތިބާއަށް ފޮރުވަން ނުވަތަ ނާންގަން ފެށުން.
- އޭނާގެ ރޭވުންތަކުން ތިބާ އެކަހެރިކުރަން ފެށުން.
- ތިބާއާ ހެދި މާބޮޑަށް އުޅޭކަން ދައްކަން އުޅުން އަދި މި ކަމުގައި އޭނާގެ އިހްލާސްތެރިކަމެއް ނެތްކަން ތިބާއަށް އިހްސާސްކުރެވެން ފެށުން.
- ދިރިއުޅުމުގެ ކަންތައްތައް ރަނގަޅަށް ކުރިއަށްދާކަމަށް ހީވި ނަމަވެސް އޭނާ ތިބާއާ ދެމެދު ޖަޒުބާތީ ދުރުކަމެއް ބަހައްޓަން ފަށައިފިކަން އިހްސާސް ކުރެވެން ފެށުން.
މި ފަދަ ނިޝާންތަކެއް ތިބާގެ ލޯބިވެރިޔާ ނުވަތަ އަނބިމީހާގެ ފަރާތުން ފެންނަން ފަށައިފި ނަމަ، އަދި ދެ މީހުންގެ ގުޅުން ސަލާމަތް ކުރަން ބޭނުން ނަމަ، އެންމެ އެދެވޭ ނަތީޖާއެއް ނުކުންނާނީ ސީދާކަމާއި ތެދުވެރިކަމާއެކު ވާހަކަ ދައްކައިގެން، ހުރި މައްސަލަތައް ހައްލުކުރުމުންނެވެ. ނަމަވެސް އާހިރުގައި، ދެ މީހުން ކުރެ ކޮންމެވެސް އެކަކު ނަމަވެސް، އެ ގުޅުމުން ބޭރުވާން ބޭނުން ނަމަ، އެންމެ ރަނގަޅުވާނީ އެ ގުޅުން ކަނޑައިލުމުންނެވެ. ސަބަބަކީ ލޯތްބަކީ ގަދަކަމުން ދެމެހެއްޓޭނެ އިހްސާސެއް ނޫނެވެ.
- ތަރުޖަމާއެއް
