Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އޭޝިއާގެ 17 ހަރުބަސް

ހަރުބަހަކީ މުހިންމު އިބުރަތްތެރި ފިލާވަޅުތަކެއް ދަސްކޮށްދޭ އެއްޗެކެވެ. މި ބަލައިލަނީ އޭޝިއާގެ ގައުމުތަކުން އައިސްފައިވާ މި ފަދަ 17 ހަރުބަހަށެވެ.

  1. "ގަހެއް އިންދުމަށް އެންމެ ފުރަތަމަ އައުލާކަން ބޮޑީ މީގެ 20 އަހަރު ކުރިންނެވެ. އެ ކަން ކުރުމަށް ދެވަނައަށް އެންމެ އައުލާކަން ބޮޑީ މިހާރުއެވެ." — ޗައިނާ

މާނައީ: އަމަލު ކުރުމަކީ ލަސްނުކޮށް ކުރުން މުހިންމު ކަމެކެވެ.

  1. "ހަތް ފަހަރު ވެއްޓޭށެވެ. އަށް ފަހަރު ތެދުވާށެވެ." — ޖަޕާން

މާނައީ: ގެއްލުމާއި ހަލާކުގެ ތެރެއިން ވެސް ކެތްތެރިކަމުން ހިތްވަރު ލިބިގަންނާށެވެ.

  1. "މޯޅިވެގެން ވެއްޓޭ މާތަކާމެދު ގަސް އަޅައެއް ނުލައެވެ." — އިންޑިއާ

މާނައީ: ބާރު ނުފޯރުވޭނެ ކަންތައްތަކާމެދު ފިކުރުކޮށް، ކަންބޮޑު ނުވާށެވެ.

  1. "ރާމާމަކުނުތައް ވެސް ގަސްގަހުން ވެއްޓެއެވެ." — ކޮރެއާ

މާނައީ: ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެއެވެ.

  1. "ބޭބެއިންނާއި ދައްތައިންނަކީ އަތާއި ފައިހާ ކައިރީގައިވާ ދެ ގުނަވަނެވެ." — ވިއެޓްނާމް

މާނައީ: އާއިލާވަނީ ގާތް ގޮތަކުން ގުޅިފައެވެ.

  1. "ދަނޑިއެއްގެ އެއް ފަޅި ނަގައިފި ނަމަ، އޭގެ އަނެއް ފަޅި ވެސް ނެގުނީއެވެ." — ތައިލެންޑް

މާނައީ: ކޮންމެ އަމަލަކަށް ވެސް ނަތީޖާއެއްވެއެވެ.

  1. "ރަނގަޅު ދަނޑިވަޅުގައި އެއްލާ ހިލަ ނުބައި ވަގުތުގައި ދޭ ރަނަށް ވުރެ ރަނގަޅެވެ." — އީރާން

މާނައީ: ކޮންމެ ކަމަކަށް ވެސް ރަނގަޅު ވަގުތެއްވެއެވެ.

  1. "އައީ ކޮން ތަނަކުން ކަން ނުބަލައި މީހާއަށް ދުވަހަކު ވެސް އޭނާ އެދޭ މަންޒިލަކަށް ނުދެވޭނެއެވެ." — ފިލިޕީންސް

މާނައީ: ޝުކުރުވެރިވުމާއި ހިތްތިރިކަން ބަހައްޓައިގެން އަމިއްލަ ފެންވަރު ނުއޮޅުމަކީ މުހިންމު ދެ ކަމެވެ.

  1. "ކުރިމަތީގައި އޮތް މަގު ދެނެގަތުމަށް އެ މަގުން އަނބުރައިލައިފައި އަންނަ މީހުންގެ ގާތުގައި އެ މަގާ ބެހޭ ގޮތުން ސުވާލުކުރާށެވެ." — ޗައިނާ

މާނައީ: އެހެން މީހުންގެ ތަޖުރިބާއިން ފިލާވަޅު ލިބިގަންނާށެވެ.

  1. "އެއް ދުނި ފަސޭހައިން ބިންދައިލެވޭނެއެވެ. އެކަމަކު ބަންޑެލިކޮށްފައިވާ 10 ދުންޏަކަށް އެހެނެއް ނުހެދޭނެއެވެ." — ޖަޕާން

މާނައީ: އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ.

  1. "ދަސްކުރުމަކީ އެ މީހެއްގެ ފަހަތުން ހުރިހާ ތަނަކަށް ދާނެ ހަޒާނާއެކެވެ." — އިންޑިއާ

މާނައީ: ތައުލީމާއި މައުލޫމާތަކީ އެއާ ނުލައި ނޫޅެވޭނެ ދެ އެއްޗެވެ.

  1. "މިނިކާވަގެއްގެ ރޮނގުތައް ހުންނަނީ އެ ސޮރުގެ ހަށިގަނޑުގެ ބޭރުފުށުގައެވެ. ނަމަވެސް އިންސާނެއްގެ ހުންނަނީ އޭނާގެ ހަށިގަނޑުގެ އެތެރޭގައެވެ." — ކޮރެއާ

މާނައީ: ޝަހުސިއްޔަތަކީ މީހާގެ ގޮތް އަންގައިދޭ ސިފައެވެ.

  1. "މޭވާއެއް ކައިލައި ވަގުތު އެ މޭވާ ބިން ގަސް އިންދީ ކާކުކަން ހަނދާންކުރާށެވެ." — ވިއެޓްނާމް

މާނައީ: މާޒީގައި މީހުން ކޮށްފައިވާ ކަންތައްތަކަށް ޝުކުރުވެރިވާށެވެ.

  1. "ތިބާގެ ހިޔަނި ތިބާގެ ކުރިމަތިން ހިނގިޔަ ނުދޭށެވެ." — ތައިލެންޑް

މާނައީ: ބިރާއި މާޒީގެ ނުރަނގަޅު ކަންތައްތައް ތިބާގެ މައްޗަށް ބާރު ފޯރުވިޔަ ނުދޭށެވެ.

  1. "ފުރަތަމަ ބުއިމަކީ މަރުހަބާ ކިޔުމެކެވެ. ދެވަނަ ބުއިމަކީ އުފާކުރުމެކެވެ. ތިންވަނަ ބުއިމަކީ އޮޅުންބޮޅުމެކެވެ." — މޮންގޯލިއާ

މާނައީ: މެދުމިނުގައި ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ.

  1. "ސަތޭކަ ފިރިހެން އަދި ސަތޭކަ އަންހެން ޝަހުސިއްޔަތު އެއްކޮށްލުމުން ފުރިހަމަ އިންސާނަކަށްވެއެވެ." — ޓިބެޓް

މާނައީ: ބެލެންސާއި ހަމަޖެހުމުން ފުރިހަމަކަން ގެނެސްދެއެވެ.

  1. "އެއް ހާސް މޭލުގެ ދަތުރެއް ފަށަނީ އެއް ފިޔަވަޅުންނެވެ." — ޗައިނާ

މާނައީ: ކޮންމެ ކަމެއް ވެސް ފަށައިގަތުމަކީ އޭގެ އެންމެ މުހިންމު ކަމެވެ.

  • ތަރުޖަމާއެއް