Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ދުނިޔޭގެ ބިމުގައި ވަގުތު ހިނގަނީ ކިހިނެއް؟

މިއަދަކީ މީލާދީ އާ އަހަރު ފެށޭ ދުވަހެވެ. މިލާދީ އަހަރުގެ ފެށުން އެކި ތަންތާނގައި ތަފާތު ވަގުތު ތަކުގައި ގައުމު ތަކުން ފާހަގަ ކުރާތީ އެކަމަކީ، ދެކޮޅު ނުޖެހޭ ކަމެއްކަމަށް ދެކެ މިފަދަ ޢިލްމީ ޒަމާނެއްގައިވެސް ބައެއް މީހުން ހަޖޫ ޖަހާތީ އިވެއެވެ. އެކަމަކު އެއީ، ދުނިޔޭގެ ބިމުގައި ވަގުތުހިނގާ ފިޠްރަތީ އާދައިގައި އެކަން އޮންނަ ގޮތުގެ ސަބަބުން އެކަން ހިނގާގޮތް ކަމެއް ބައެއް މީހުންނަށް ވިސްނައިނުގަނެވެނީ ތާއެވެ.

އެފަދަ މީހުން ހީކުރަނީ ދުނިޔޭގެ ޓައިމްޒޯނަކީ، ސައިންސުވެރިން ފަދަ ބަޔަކު ބޭނުން ވެގެން ކަނޑައަޅާފައިވާ ގޮތެެއް ކަމަށެވެ.

ނޫނެކެވެ! ޓައިމްޒޯނުގެ އަޞްލަކީ އެހެން އޮތް ކަމެއްް ނޫނެވެ. އެއީ، ފަލަކީ ޢިލްމުގެ އަލީގައި އިންސާނުން ދެނެގަނެފައިވާ ޢިލްމީ ޙަޤީޤަތެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބޭ ބަޔަކަށްވެސް އެބައެެއްގެ ބޯމަައްޗަށް (ނުވަތަ އެބައެއްގެ މެރީޑިއަމް ރޮނގަށް) މެންދުރު ވަގުތަށް އިރުގެ މެދު ދިމާވާކަން ނުވަތަ މެންދުރުވާ ވަގުތު ދެނެގަންނަން އެނގެނީ އެ އެނގުމުގެ އަލީގައެވެ. ދުނިޔޭގެ ހުރިހައި ތަނަކަށް އެއް ވަގުތެއްގައި ހުކުރު ނަމާދާއި އެހެނިހެން ނަމާދުތަކުގެ ވަގުތު ނުވަންނަ ސަބަބު ދެނެގަންނަން އެނގެނީވެސް ވަގުތުގެ އެ ތަފާތު ދެނެގަނެވޭތީއެވެ. އެ، ފިޠްރީ އަޞްލު ދެނެގަނެވިފައި ވާތީއެވެ.

އަދި މައްސަރުތައް ފެށޭ ވަގުތާއި އެކިއެކި ވަގުތުތައް އެކި ތަންތަނަށް ތާފާތު ވެގެންވާ ގޮތަކީ ސައިންސުވެރީން ހަދައިގެން އުޅޭގޮތެއް ނޫނެވެ. އެއީ، މުޅި ކާއިނާތާއި ދުނިޔޭގެ ކަންތައްތައް ތަދުބީރު ކުރައްވާ ފަރާތް ކަމުގައިވާ މާތްالله ކަނޑައަޅުއްވާފައިވާ ގޮތެވެ.

އިންސާނުންނަކީ، ޢިލްމުގެ (ސައިންސްގެ) އަލީގައި އެ ކަންކަން ދެނެގަނެ އެގޮތުގެ މަައްޗަށް ކަންކަން ތަރުތީބުކުރާ ބައެކެވެ. ދުނިޔެ އަމިއްލަ ބޮޑީގެ ވަށައިގެން ކޮންމެ 23:56 މިނެޓަކުން ބުރެއް ފުރިހަމަ ކުރުމުގައި އިރުގެ މެދު އެޠޫލަކާ (އެ ލޮންޖިޓިޔުޑަކާ) މެދުވާ ގޮތަށް ދުނިޔޭގެ ބިމުގެ ތަންތަނާ އިރު ދިމާވާ ގޮތަށް ދުނިޔެ ފުރޮޅޭއިރު ދުނިޔޭގެ ބިމުގައި ހިނގާ ރެޔާ ދުވާލާއި އޭގެ ވަގުތު ތަކަކީ އިންސާނުން ކިތަންމެ މޮޅަަސް އަދި ކިތަންމެ ކުރިއަރައިގެން ދިޔަޔަސް، ކަނޑައަޅައި ބަދަލެއް ގެނެވޭނޭ ކަމެއް ނޫނެވެ.

އެގޮތަށް އެކަން އޮތީމާ، އެއްވެސް ވަގުތެއް މައްސަރެއް އަހަރެއް ދުނިޔޭގެ ހުރިހައި ތާކަށް އެއް ވަގުތެއްގައި އަންނާނެ ގޮތެއް ނޯވެއެވެ. އެހެންވީމާ، އާ އަހަރެއްވެސް ދުނިޔޭގެ ހުރިހައި ތާކަށް އެއް ވަގުތެއްގައި އަންނާނެ ގޮތެއް ނެތެވެ. އާ އަހަރު ދުނިޔޭގެ އެކިއެކި ތަންތާނގައި ތަފާތު ވަގުތަކުގައި ފާހަގަ ކުރަނީ އެ ހަމައިގެ މަތީންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

2 Responses

  1. "ކޮންމެ 23:56 މިނެޓަކުން ބުރެއް" މިގޮތަށް ލިޔުއްވިފައި އޮތުމުން އެކަން ފާހަގަ ކޮށްލީއެވެ.

    މި ލިޔުމުގައި ވަނީ ވަރަށް ބޭނުންތެރި މަޢުލޫމާތުކޮޅެކެވެ. ޝުކުރިއްޔާ.

  2. ދުނިޔެ އަމިއްލަ ބޮޑީގެ ވަށައިގެން އޮތްއޮތުމުން ބުނާބަސް ނަގައިނުގަނެވޭ؛ ދެން ކޮންމެ23.56މ ބުރެއް؛ އިތުރައް ސާފުކޮއްދެއްވުން ކިޔުންތެރިންބޭނުންވޭ؛ ޝުކުރިއްޔަ؛ ސަރ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *