ދިވެހިބަހުން ލިޔެކިޔުމުގައި އަކުރަތަކުގައި ޖެހޭ ފިލިތައް އެ ފިއްޔެއްގެ ގޮތުގައި ޖެހުމަކީ ދޭހަޔަށްޓަކައި ކޮންމެހެން ލާޒިމު ކަމެކެވެ. އޮޅުވައިނުލައި ހިފަހައްޓަންޖެހޭ ހަމައެކެވެ.
ސަބަބަކީ، ފިލި ޖެހޭގޮތުން ނުވަތަ ބަހުގެ އަޑު އަދާކުރެވޭ ހަރަކާތުގެ އަޑުގެ ގޮތުން، ދޭހައިގެ މާނަ ބަދަލުވެގެން ދާތީއެވެ.
ދިވެހި ބަހުގެ އަޑު އަދާކުރާ ހަރަކާތުގެ އަޑު ނުވަތަ ފިލިތައް ބެހިފައިހުރި ބައިތަކަކީ:
އަބަފިލި.
އާބާފިލި.
އިބިފިލި.
އީބީފިލި.
އުބުފިލި.
އޫބޫފިލި.
އެބެފިލި.
އޭބޭފިލި.
އޮބޮފިލި.
އޯބޯފިލި.
އައިބައިފިލި.
އަދި
އައުބައުފިލި. އެވެ.
މި 12 ފިލީގެ ތެރެއިން މިހާރަކަށް އައިސް އެންމެ ގިނަ ބަޔަކަށް އޮޅިފައިވަނީ، ނުވަތަ އަދާ ނުކުރެވެނީ "އައިބައިފިލި" އެވެ.
ދިވެހި ބަހުގެ އަޑު އަދާވާ ހަރަކާތްތަކަކީ، ޢަރަބި ބަހުގައި "އިޢުރާބު"ގެ ސަބަބުން މާނަޔަށް އަސަރު ފޯރާފަދައިން އަސަރުފޯރާ ކަމެކެވެ.
އެހެންވީމާ، އެކަމަށް ސަމާލުވެ ފިލި ޖެހުން ނުވަތަ އަޑު އަދާކުރުމުގެ ޙަރަކާތް ހަމަގޮތުގައި ބޭނުން ހިފަން އާދަ ކުރުމަކީ، ކޮންމެ ދިވެއްސަކަށް އޮތް ގައުމީ ޒިންމާއެއް ކަމުގައި ނޫނީ ނުވާނެކަން ކަށަވަރެވެ.

One Response
ރަޝީދުބެވެސް ދިވެހިވެގެން ދިވެހީގެ ވާހަކަ ދައްކަންޏާ އަދި އަރަބިބަސް ނުބަލައި ކުޑަކޮށް ސިންގަޅަ ސަންސްކްރިތު ބަހުގެ ހަމަތައް ބަލާލާފަ އޭގެ ހަމަތަކާއި ގުޅުވާލާފަ ވާހަކަ ދައްކާށެވެ. ޢެހެންނޫނީ ހަމަ ވާނީ މިހާތަނަށް އަހަރެމެންނަށް ދިވެހި ބަހަށާއި އަހަރެމެންގެ ތަރިކައަށް ކުރީއްސުރެ ވެފައިވާ ހިޔާނާތް – ދިވެހި ނުވެސް ގުޅޭ އަރަބި ބަހުރުވައަކަށް ހެދުން – ކުރިޔަށް ގެންދެވޭ ކަމަށެވެ. ވިސްނާލިން ހެއްޔެވެ؟ އަހަރެމެންގެ ބަހުގެ މަންމަ ބަސް – ސަންސްކްރިތު- އެއީ އެންމެ ފުރަތަމަ ފަހަރަށް ބަހުގެ ގުރެމަރ ލިޔެވުނު ބަހެވެ. ސިންގަޅަ ބަހުގެ ގުރުމަރ ވެސް ފުރިހަމައަށް ލިޔެވިފައި ވެއެވެ. ދިވެހި ބަސްތޯ އެވެ؟ އަހަރެމެންނަށް ނަމުގެ ކޭސް އަދި ރަނގަޅަށް ޒަމާންވެސް ނޭނގެއެވެ. އިނގިރޭސި ގޮތަށް އަހަރެމެންގެ ބަހުގައިވެސް 12 ޒަމާން ހިމެނޭކަން އެނގުނީ އިހަކަށް ދުވަހުއެވެ. މިހުންނަނީ ސިންގަޅަ އަދި ސަންސްކރިތު ގުރެމަރ އިނގެންޏާ 2500 އަހަރު ކުރީންވެސް އަހަރެމެންނަށް އިނގޭނެ ކަންތައްތަކެވެ!