Support Us

މައްލާގެ ޖަނާޒާ މާލޭގައި ބާއްވަން ހަށިކޮޅު ގެންނަނީ

ޓްރިވެންޑްރަމް ހޮސްޕިޓަލެއްގައި މިއަދު އަވަހާރަވެފައިވާ ކުރީގެ މަޝްހޫރު ފީފާ ރެފްރީ މައްލާ ޅަތުއްތުގެ ޖަނާޒާ މާލޭގައި ބާއްވަން، ހަށިކޮޅު މިރޭ މާލެ ގެންނަ ގޮތަށް ހަމަޖައްސައިފިއެވެ.

މައްލާގެ އާއިލާގެ މީހަކު މިއަދު ބުނީ ޓްރިވެންޑްރަމްގައި މައްލާ ވަޅުލާން ކުރިން ރާވަމުންދިޔަ ނަމަވެސް، "މިހާރު ހަމަޖެހިފައި ވަނީ ހަށިގަނޑު މާލެ ގެންދަން" ކަމަށެވެ.

ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މައްލާ، 76، މިއަދު މެންދުރުފަހު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި ހަތް (އޭގެ ތެރޭގައި ހަތަރު އަންހެން) ބޭފުޅުން އެބަތިއްބެވިއެވެ.

ކެންސަރު ބައްޔަށް މައްލާ ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. މީގެ ކުރިން ވެސް ދެތިން ފަހަރަކު އިންޑިއާގައި ފަރުވާ ހޯއްދެވި މައްލާ މި ފަހަރު އިންޑިއާ އަށް ވަޑައިގަތީ މި މަހު 11 ގައެވެ.

"ވަރަށް ރަނގަޅަށް އިއްޔެއާ ހަމައަށް ވެސް ޅަހުއްތު އުޅުއްވީ. ރޭގައި ކުއްލިއަކަށް ސީރިއަސްވެގެން އައި.ސީ.ޔޫ އަށް ގެންގޮސް ވެންޓިލޭޓަރަށް ލައިފައި ޑޮކްޓަރުން އުންމީދު ކަނޑާލީ،" މައްލާގެ އާއިލާގެ މީހަކު މިއަދު ބުންޏެވެ. "ޅަހުއްތުގެ ހަގު ދެބެން ވެސް މިއަދު ހެނދުނު މިކޮޅަށް އަތުވެއްޖެ. ބައެއް ކުދިން މިއަދު ވެސް އެބަ އާދޭ."

މައްލާގެ ޖަނާޒާ ބާއްވާނެ ވަގުތެއް އަދި ކަށަވަރެއް ނުވެއެވެ.

މައްލާ: ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި، ފަނޑުވުމެއް ނެތް ނަމެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *