Support Us

ނޮވެންބަރު 3ގެ އައްޑަނަ ފަސް ބޭފުޅަކަށް

ނޮވެންބަރު 3ގެ އައްޑަނަ ފަސް ބޭފުޅަކަށް މިރޭ ދެއްވައިފިއެވެ. އެބޭފުޅުންނަށް އައްޑަނަ ޙަވާލުކޮށްދެއްވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިރޭގެ ޖަލްސާގައި ނޮވެންބަރު 3 ގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅުން ކަމުގައިވާ ސަރޖެންޓް ފަސްޓްކްލާސް (ރިޓަޔަރޑް) އިބްރާހީމް ޝަރީފާއި، ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން ޢަލީއާއި، ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން މަނިކާއި، ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ ނަސީމާއި، ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ މުފީދެވެ.

މީގެ އިތުރުން މި ޖަލްސާގައި، ނޮވެންބަރު 3 ގެ ހުށަހެޅުން "ލޭގެ ޖިހާދު"ގެ ނަމުގައި، ދިވެހި ސިފައިން ތަމްސީލެއް ހުށަހެޅިއެވެ. މިރޭގެ ޖަލްސާގައި ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރެދެއްވީ، ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމާ މުޚާޠިބު ކުރައްވާފައެވެ.

މި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް