Support Us

އީރާންގެ ގަޝްމް ޖަޒީރާ

އެމެރިކާއިން އީރާނުގެ ގަޝްމް ޖަޒީރާއަށް ހަމަލާތަކެއް

އެމެރިކާއިން އީރާނުގެ ގަޝްމް ޖަޒީރާއަށް ހަމަލާތަކެއް ދީފިއެވެ.

ރޭ ދިން ހަމަލާތައް އެމެރިކާއިން ސިފަކުރީ "ވަކި އަދަދަކަށް ދިން ދިފާއީ ހަމަލާތަކެއް"ގެ ގޮތުގައެވެ.

ހަމަލާތަކުގެ ސަބަބުން ހުރުމުޒު ކަނޑުއޮޅީގައި އަލުން ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވަނީ އުފެދިފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި ރޭ ގަޝްމް ޖަޒީރާއިން އެތައް ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ. އަދި މަންޒަރު ދުށް މީހުންވަނީ އެ ސަރަހައްދުގެ މަތިން ދެ މަތިންދާބޯޓު ދަތުރުކުރިކަމަށް ރިޕޯޓުކޮށްފައެވެ. އީރާނުގެ މީޑިއާއިން އިތުރަށް ރިޕޯޓުކުރި ގޮތުގައި ބަންދަރު ލަންގަހް ކައިރިންވެސް އިތުރު ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ.

އެމެރިކާގެ އޮފިޝަލަކު ބުނީ އެމެރިކާގެ އެސެޓްތަކާ ދެކޮޅަށް، އެއްގަމުން ވައިގެ ތެރެއަށް ފޮނުވާ މިސައިލް ބޭނުންކުރަމުންދިޔަ އީރާނުގެ ސިފައިންނަށް އެމެރިކާގެ ބާރުތަކުން އަމާޒުކުރިކަމަށެވެ. އެމެރިކާގެ އިތުރު އޮފިޝަލަކު ބުނީ މި ހަމަލާތަކަކީ ބޮޑު އަސްކަރީ އޮޕަރޭޝަންތަކަކަށް އަލުން އެނބުރި ދިއުން ރަމްޒުކޮށްދޭ ކަމެއް ނޫންކަމަށެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް މިއަދުވަނީ މަޝްރަހު އިތުރަށް ގޯސްނުކުރަން އެމެރިކާއަށް އިންޒާރު ދެއްވައިފައެވެ.

"ހަނގުރާމަ ހުއްޓުވުމުގެ ކަންތައް މިހާރު އޮތީ އެމެރިކާގެ އަތްމަތީގައި،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޑިޕްލޮމެޓިކް ހައްލެއް ހޯދުމުގެ ފުރުސަތު އަދިވެސް އެބަ އޮތްކަމަށެވެ.

"އީރާން ބޭނުންވަނީ ވަރަށް އަވަހަށް ހައްލެއް ހޯދަން. އެ ކަން ވެދާނެ!" އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގައިފައި މިވަނީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އަލުން މަޝްވަރާތައްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *