Support Us

ހަގީގީ އަބްތާލެއްގެ ޒަހަމްތަކުގެ ލަކުނުތައް- ހަމަލާއެރި ފްލައިދުބާއީ ކެޕްޓަންގެ ހިތްވަރު

ފްލައިދުބާއީގެ ކެޕްޓަން ސުމިތު މައްޗާރަށް މަތިންދާބޯޓުގެ ކޮކްޕިޓް ތެރޭގައި ކޯޕައިލެޓް ހައްމާމް އަލްހައްމާމީ ދިން ނުރައްކާތެރި ހަމަލާއިން ސަލާމަތްވިފަހުން ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް މައްޗާރުވަނީ ނުކުމެފައެވެ. މި ހާދިސާ ހިނގައިފައިވަނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ބޮލުގައި ފުން ލަކުނުތަކާއި ސާޖިކަލް ސްޓޭޕްލްތައް (ސާޖަރީގެ "ހީރަސް"ތައް) އެބަހުއްޓެވެ.

ކެޕްޓަން މައްޗާރާއި ފްލައިދުބާއީގެ އެހެން ފަޅުވެރިންނަށްވަނީ ޝަރަފުވެރި "ފަސްޓް ކްލާސް އޯޑާ އޮފް ޒައިދު ދޭ" އެވޯޑު މި ދިޔަ އަންގާރަ ދުވަހު އަރުވައިފައެވެ. ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ރައީސް އަސްކަރިއްޔާގައި ނުހިމެނޭ މީހުންނަށް ދެއްވައި މި މަދަނީ ޝަރަފަކީ މި ދިޔަ ސެޕްޓެމްބަރުގެ 30 ގައި ހިނގި ހާދިސާގައި މައްޗާރާއި ފްލައިޓްގެ ފަޅުވެރިން ދެއްކި ހިތްވަރުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި މަދަނީ އެވޯޑެކެވެ.

ހައްމާމް މައްޗާރަށް ތަކުރާރުކޮށް ހަމަލާދިނީ ބޯޓުގައި އޮންނަ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ކޯރިއަޑުންކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާ ހިނގީ ޔޫ.އޭ.އީގެ ދުބާއީއިން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިޓް FZ1073 ގައެވެ.

މައްޗާރުގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބި، ގިނަ އަދަދަކަށް ލޭ ބޭރުވިއެވެ. އެހެންނަމަވެސް އޭނާވަނީ ކޮކްޕިޓްގެ ދޮރު ހުޅުވައިލުމުގައި ކާމިޔާބު ހޯދައިފައެވެ. މީގެ ސަބަބުން ފަސިންޖަރުންނާއި ފަޅުވެރިންނަށް ދެ ޕައިލެޓުން ތިބޭ ކޮކްޕިޓް ތެރެއަށް ވަދެ، ހައްމާމް ކޮންޓްރޯލްކުރުމުގެ ފުރުސަތު ލިބުނެވެ.

އެ ފްލައިޓްގައި ފްލައިދުބާއީގެ އިތުރު ދެ ޕައިލެޓުން ދަތުރުކުރަމުންދިޔައެވެ. އެ މީހުން އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ބޯޓު ގެނައެވެ. އަދި 174 މީހުން ތިބި ބޯޓުގެ މިސްރާބު ސައޫދީ އަރަބިއްޔާގެ ތަބޫކަށް ބަދަލުކުރިއެވެ. ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ސަލާމަތްތެރިކަމާއެކު ތަބޫކަށް ފޭބިއެވެ.

އަނިޔާވި ކެޕްޓަނަށް ސައޫދީގައި ކުއްލި ސާޖަރީއެއް ހެދިއެވެ. މެޑިކަލް ޓީމުތަކުން ފަހުން އޭނާ އިތުރު ފަރުވާއަށް ޔޫ.އޭ.އީގެ އަބޫ ދާބީއަށް ފޮނުވައިލިއެވެ.

ލިބުނު އަނިޔާތަކުގެ ސީރިއަސްކަން

ކެޕްޓަންގެ ލަކުނުތަކުގެ ފޮޓޯތަކަށް ސިއްހީ މާހިރުންގެ ސަމާލުކަންވަނީ ލިބިފައެވެ.

ނާރުތަކާ ބެހޭ ސާޖަން ޑރ. ސަނަތު ޑީކްޝިޓް ލަފާކުރި ގޮތުގައި މައްޗާރުގެ ބޮލުގެ ނާށިގަނޑުގައި ބޮޑު ރެނދެއް ލައި ނުވަތަ ބިންދައިގެން ގޮސްފައިވުން އެކަށީގެންވެއެވެ. މި އަނިޔާ ލިބިފައިވަނީ ލޭ ދައުރުކޮށްދޭ މައި ލޭ ހޮޅިއެއްގެ ކައިރީގައިކަމަށްވެސް ވެދާނެކަމަށް ޑީކްޝިޓް ބުންޏެވެ. އޭނާ ބުނީ މި ހޮޅިއަކީ ސިކުނޑިން ހިތަށް ލޭ ފޮނުވައިދޭ ހޮޅިކަމަށެވެ.

މި ފަދަ އަނިޔާތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ވަރަށް ލޭ ބޭރުވުން އެކަށީގެންވެއެވެ. އަދި އިތުރު ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދައިނެއެވެ. ނަމަވެސް މައްޗާރަށް ލިބުނު އެތެރެހަށީގެ އަނިޔާތަކުގެ ތަފްސީލު އާންމުންނަށް ހާމަކޮށްފައެއްނުވެއެވެ.

ނުރައްކާތެރި ހާލަތެއްގައި އަބްތާލެއް ދެއްކި ހިތްވަރު

މައްޗާރުގެ ލަކުނުތަކުން ހަމަލާގެ ނުރައްކާތެރިކަން ހާމަވެގެންދެއެވެ. އަދި އެއީ ކުއްލި ހާލަތުގައި އޭނާ ދެއްކި ހިތްވަރު އާންމުންނަށް ހަނދާންކޮށްދޭ ކަމެއްވެސްމެއެވެ.

އޭނާގެ އަޒުމުގެ ސަބަބުން، ކުރިމަތިވެދާނެ ހިތާމަވެރި ހާދިސާއެއް ހިނގިޔަނުދިނެވެ. ފަސިންޖަރުންނާއި ފަޅުވެރިންނާއި އެހެން ޕައިލެޓުންވެސް މުހިންމު ދައުރެއް އަދާކުރިއެވެ. އެ ފަރާތްތަކުގެ ހުޝިޔާރު ފިޔަވަޅުތަކުގެ ސަބަބުން ބޯޓުގައި ތިބި އެންމެންގެ ފުރާނަ ސަލާމަތްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *