Support Us

އީރާން ހަނގުރާމަ 10 މިނެޓް ތެރޭ ނިންމައިލެވިދާނެ: ޓްރަމްޕް

އިސްރާއީލާ ގުޅިގެން އެމެރިކާއިން މި ދިޔަ ފެބްރުއަރީގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ 10 މިނެޓް ތެރޭގައި ނިންމައިލެވިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމަޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް (ފޮޓޯ) ހޮނިހިރު ދުވަހު ވިދާޅުވީ އަމާޒުކުރަން ޖެހޭ އީރާނުގެ ނިއުކްލިއަ ސައިޓްތަކުގެ ތެރެއިން ބާކީ އޮތީ އެކެއް ނުވަތަ ދެ ސައިޓްކަމަށެވެ.

"ނައްތައިލަން ޖެހޭ އެކެއް ނުވަތަ ދެ ސައިޓް އެބަ އޮތް. ނަމަވެސް 10 މިނެޓު ތެރޭގައި އަހަރެމެންނަށް އެ ކަން ކުރެވިދާނެ،" އޭނާ ވިދާޅުވިއެވެ.

އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު އަކްރަމީނިޔާ ބުނީ އިތުރު ހަނގުރާމައެއް ފަށައިފިނަމަ އެ ހަނގުރާމަ، ފެބްރުއަރީ މަހު ފެށި ހަނގުރާމައަށްވުރެ ދިގުދެމިގެން ގޮސްފައިނެއެވެ. އަދި ހަނގުރާމަ ނިމޭނެ ގޮތް ނިންމުމުގެ ބާރު ޓްރަމްޕަށް ލިބިވަޑައިގެންނުވާކަމަށެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ އީރާން އޮތީ ކޮންމެ ފަދަ ހާލަތަކަށްވެސް ތައްޔާރަށްކަމަށެވެ. އަދި އީރާނުންވަނީ އަސްކަރީ ހަތިޔާރުތަކުގެ ފެންވަރު ރަނގަޅުކޮށް، އަސްކަރީގައި ހުރި ނިކަމެތި ކަންކަމަށް ހައްލު ހޯދައިފައިކަމަށެވެ.

"އަހަރެމެންގެ ސިފައިން ތިބީ އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ހާލަތުގައި،" އޭނާ ވިދާޅުވިއެވެ.

އީރާނުގެ އޮފިޝަލުންނަކީ އިތުބާރު ނުކުރެވޭ ބައެއްކަމަށް ޓްރަމްޕް ހޮނިހިރު ދުވަހު ސިފަކުރެއްވިއެވެ. ނަމަވެސް އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް "ރަނގަޅަށް ކުރިއަށްދާ"ކަމަށް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *