މައުލޫމާތު ހޯދުމުގެ އެތައް ވަސީލަތެއް މިހާރު އެބަހުއްޓެވެ. ނަމަވެސް ފޮތް ކިޔުމުގެ ފައިދާ އަދިވެސް ނެތިންގެން ނުދެއެވެ. މި ބަލައިލަނީ ފޮތް ކިޔުމުން ލިބޭ މުހިންމު ނުވަ ފައިދާއަކަށެވެ.
- މައުލޫމާތުގެ ރަސްމަގު:
ފޮތަކީ ކޮންމެ މައުލޫއަކަށް ފުންކޮށް ބަލައިލައިފައިވާ ހަޒާނާއެކެވެ. އެއީ ތާރީހު، ސައިންސް، ފަލްސަފާ، އަދި އާ ހޮބީތަކާ ބެހޭ މައުލޫމާތު ވިޔަސްމެއެވެ.
- ބަސްކޮށާރު:
ފޮތް ކިޔުން އާއްމު ކަމަކަށް ހަދައިފި ނަމަ ބަސްކޮށާރު އިތުރަށް އެނގުމަށް މަގުފަހިވެއެވެ. ނަތީޖާއެއްގެ ގޮތުން މުއާމަލާތްކުރުމާއި ދޭހަވުމުގެ ދާއިރާ ކުރިއަރައެވެ.
- ހަނދާން ގަދަވުން:
ފޮތް ކިޔުމުގެ ސަބަބަން ހަނދާން ގަދަވެ، ސިކުނޑި ތާޒާވެއެވެ. އަދި ކަންތައްތަކަށް ސަމާލުކަން ދިނުމަށް ފަސޭހަވެއެވެ.
- ސްޓްރެސްއާ ދުރުކޮށްދިނުން:
ފޮތް ކިޔުމުން ސިކުނޑީގެ އުދާސްތަކުން ދުރުކޮށްދެއެވެ. ދުވަހުގައި ދިމާވާ ހާސްވުންތަކާއި ވަރުބަލިކަން ފިލުވައިލަދެއެވެ.

- ސަމާލުކަން ދެވުމާއި ސިކުނޑި އަމާޒުކުރަން ފަސޭހަވުން:
އަބަދުއަބަދު އެކި ކަންތައްތަކަށް ސިކުނޑި ވިއްސިވިހާލިވެ ވަހުތާނެއްހެން އެނބުރޭ މި ޒަމާނުގައި ފޮތް ކިޔުމުން އެ މީހަކު އެ ބޭނުންވާ ކަމަކަމަށް މީހާގެ ސިކުނޑި އަމާޒުކޮށްލަން މަގުފަހިވެއެވެ. އަދި މި ގޮތަށް ގިނަ ވަގުތު ހާދަކޮށްލުމަށް ވެސް ފަސޭހަވެގެންދެއެވެ.
- ހަމްދަރުދީވުމާއި އެކި މީހުންގެ ހިޔާލުތައް ފަހުމްވުން:
ހިޔާލީ ޝަހުސިއްޔަތެއްގެ ކަމަށް ވިޔަސް އެހެން މީހުންގެ ވިސްނުމާއި އެ މީހުންގެ ކަންތައްތަކާމެދު އެ މީހުން ދެކޭ ގޮތް އެނގުމުން ތިބާގެ ވިސްނުމާއި އަމަލުތައް ބަހައްޓާނެ ރަނގަޅު ގޮތްތައް އެނގިގެންދެއެވެ.
- އުފެއްދުންތެރި ހިޔާލު ލިބުން:
ފޮތް ކިޔުމުން އާ ހިޔާލުތަކާއި އާ ވިސްނުންތަކަށް ތިބާ ހުށަހެޅިގެންދެއެވެ. މި ކަމުގެ ސަބަބުން ތިބާއަށް ވެސް އުފެއްދުންތެރި ހިޔާލާއި މައްސަލަތައް ހައްލުކުރުމުގެ އުކުޅުތައް އެނގިގެންދެއެވެ.
- ލިޔުންތެރިކަމުގެ ހުނަރު ތަރައްގީކުރެވުން:
ރީތިކޮށް ލިޔެފައި ހުންނަ ޖުމްލަތައް ކިޔުމުން ތިބާގެ ލިޔުންތެރިކަން ވެސް ތަރައްގީވެއެވެ. ޖުމްލަތައް ފަރުމާކުރުމާއި މޮޅަށް މުއާމަލާތްކުރުމުގެ އެހީއަކަށް ވެސް ފޮތް ކިޔުން ވެއެވެ.
- ނިދީގެ ފެންވަރު ރަނގަޅުވުން:
ނިދުމުގެ ކުރިން "ސްކްރީނެ"އްގެ ބަދަލުގައި ފޮތެއް ހިޔާރުކުރާށެވެ. ފޮތް ކިޔުމުން އެ ލިބޭ އަރާމުކަމުން ތިބާގެ ސިކުނޑި ހަމަޖައްސައިލާނެއެވެ. ނަތީޖާއަކީ ތިބާގެ ނިދީގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅުވުމެވެ.
މި ބަލައިލީ މައުލޫމާތު ހޯދުމަށް އެކި ގޮތްގޮތަށް މަގުފަހިވެފައިވާ މި ޒަމާނުގައި ފޮތް ކިޔުމަކީ އަދިވެސް މުހިންމު އަދި ރަނގަޅުކަމެއް ކަމަށްވާ ނުވަ ސަބަބަށެވެ.
ނޯޓް: ތަރުޖަމާއެއް
ފޮޓޯތައް: ޔޫސުފް ޖޫލް ޝަހީބު/ އަދިވެސް



advertisment