Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ދެމަފިރިން އެކަކު އަނެކަކު އުފާކޮށްދޭނީ މިހެން

ފިރިމީހާ އުފާކޮށްދޭ ނަމަ، އަންނަނިވި ކަންތައްތައް ކުރާށެވެ.

  1. އޭނާއަށް ކާންދޭށެވެ.
  2. އޭނާއާއެކު ނިދާށެވެ.
  3. އަރާމުކޮށް އޮންނަން އޭނާ ދޫކޮށްލާށެވެ.
  4. އޭނާގެ ފޯނަށް އަންނަ މެސެޖްތައް ނުބަލާށެވެ.
  5. އޭނާ އުޅޭނޫޅޭ ގޮތް ބަލަން ނޫޅޭށެވެ.
  6. ގޭތެރެ ތަރުތީބުކޮށްދޭށެވެ.
  7. އޭނާގެ އަންނައުނު ދޮވެދޭށެވެ.
  8. އޭނާއަށްޓަކައި އަބަދުވެސް ދުއާކޮށްދޭށެވެ.

މިއީ އެހާ އުނދަގޫ ކަންތައްތަކެއް ނޫން ދޯއެވެ؟

އަނބިމީހާ އުފާކޮށްދޭ ނަމަ، އަންނަނިވި ކަންތައްތައް ކުރާށެވެ.

  1. އޭނާގެ ރަހްމަތްތެރިއަކަށްވާށެވެ.
  2. އޭނާގެ ބައިވެރިއަކަށްވާށެވެ.
  3. އޭނާގެ ލޯބިވެރިއަކަށް ވާށެވެ.
  4. އޭނާގެ ބޭބެއަކަށް ވާށެވެ.
  5. އޭނާގެ ބައްޕައަކަށް ވާށެވެ.
  6. އޭނާގެ މައްޗަށް ވެރިކަން ހިންގާ ބޮސްއަކަށްވާށެވެ.
  7. އޭނާގެ ކައްކާއަކަށް ވާށެވެ.
  8. އޭނާގެ އިލެކްޓްރިޝަނަކަށް ވާށެވެ.
  9. ގޭގެ ފެން ވައިރު ކުރާ މީހަކަށް ވާށެވެ.
  10. ގަރާޖެއްގެ މެކެނިކެއް ފަދައިން އުޅޭށެވެ.
  11. ވަޑާން ކުރާ މީހަކަށް ވާށެވެ.
  12. ގޭތެރެ ޗާލުކޮށްލާށެވެ.
  13. ފިރިމީހާގެ ސްޓައިލް ދަމަހައްޓައިދޭށެވެ.
  14. ޖިންސީ އިލްމްވެރިއަކަށް ވާށެވެ.
  15. ގައިނިކޮލޮޖިސްޓް ނުވަތަ ގައިނީއަކަށް ވާށެވެ.
  16. ނަފުސާނީ އިލްމްވެރިއަކަށް ވާށެވެ.
  17. ގޭތެރޭގައި އުޅޭ ނުރައްކާތެރި ސޫފިތައް ނައްތާލާ މީހަކަށް ވާށެވެ.
  18. ނަފުސާނީ ބައްޔަށް ބޭސްކޮށްދޭ މީހަކަށް ވާށެވެ.
  19. ބަލިމަޑުކަމުން ދުރުކޮށްދޭތޯ ދުއާ ކުރާ މީހަކަށް ވާށެވެ.
  20. އަނބިމީހާ ދައްކާ ވާހަކަ އަޑުއަހާ ފިރިއަކަށް ވާށެވެ.
  21. ކަންތައްތައް ވިލަރެސް ކުރާ މީހަކަށް ވާށެވެ.
  22. ރަނގަޅު ބައްޕައަކަށް ވާށެވެ.
  23. ސާފުތާހިރުކަންމަތީ ހުންނަ މީހަކަށް ވާށެވެ.
  24. ހަމްދަރުދީ ވާ މީހަކަށް ވާށެވެ.
  25. ކުޅިވަރު ކުޅޭ މީހަކަށް ވާށެވެ.
  26. އެކުވެރިކަން ފާޅުކުރާ މީހަކަށް ވާށެވެ.
  27. ކަންތައްތަކަށް ސަމާލުކަން ދޭ މީހަކަށް ވާށެވެ.
  28. ބަތަލެއް ފަދަ މީހަކަށް ވާށެވެ.
  29. ވިސްނުންތެރިއަކަށް ވާށެވެ.
  30. މަޖާ މީހަކަށް ވާށެވެ.
  31. އާ ކަންތައްތައް ކުރާ މީހަކަށް ވާށެވެ.
  32. މަޑުމައިތިރި މީހަކަށް ވާށެވެ.
  33. ވަރުގަދަ މީހަކަށް ވާށެވެ.
  34. ކަންތައްތައް ދެނެގަނެ، ފަހުމް ވާ މީހަކަށް ވާށެވެ.
  35. ކަންތައްތައް ހަޖަމު ކުރެވޭ މީހަކަށް ވާށެވެ.
  36. ކުރިމަގަށް ވިސްނާ މީހަކަށް ވާށެވެ.
  37. އަމާޒުތަކަށް ވާސިލުވާން މަސައްކަތްކުރާ މީހަކަށް ވާށެވެ.
  38. ކަންތައްތައް ކުރުމުގެ ގާބިލިއްޔަތުކަން ހުރި މީހަކަށް ވާށެވެ.
  39. ހިތްވަރުގަދަ މީހަކަށް ވާށެވެ.
  40. ކަންތައްތައް ހާސިލު ކުރަން އަޒުމުގައި ދެމިހުންނަ މީހަކަށް ވާށެވެ.
  41. އަމާނާތްތެރިއަކަށް ވާށެވެ.
  42. އިތުބާރު އަދި ބަރޯސާ ކުރެވޭ މީހަކަށް ވާށެވެ.
  43. ކަންތައްތަކަށް ލޯބިދީގެން މަސައްކަތްކުރާ މީހަކަށް ވާށެވެ.
  44. އަނބިމީހާއަށް އަބަދުމެ ތައުރީފު ކުރާށެވެ.
  45. އޭނާއާއެކު ބާޒާރު ކުރަން ދާށެވެ.
  46. އޭނާއަށް ތެދުވެރި ވާށެވެ.
  47. އޭނާއަށް ސްޓްރެސް ލިބޭ ކަހަލަ ކަންތައްތައް ނުކުރާށެވެ.
  48. އެހެން އަންހެނުންނާ ދިމާއަށް ނުބަލާށެވެ.
  49. އަނބިމީހާއަށް ވަރަށް ގިނައިން ސަމާލުކަން ދޭށެވެ.
  50. އޭނާއަށްޓަކައި ވަރަށް ގިނަ ވަގުތު ހުސް ކުރާށެވެ. އަދި އޭނާގެ ނަފުސަށް ބޭނުންވާ އޭނާގެ އަމިއްލަ ވަގުތު އޭނާއަށް ދޭށެވެ.
  51. އޭނާގެ ކަންތައްތައް ކުރަން އޭނާ ބޭނުންވާ ޖާގަ އޭނާއަށް ދޭށެވެ. އޭނާގެ އާއިލާ އާއި ތިބާގެ އާއިލާގެ މީހުންނާ ބައްދަލު ކުރަން ވެސް އޭނާއަށް ވަގުތު ދޭށެވެ.
  52. ބާޒާރު ކުރަން ދޭ ފައިސާގެ ބާކީ އޭނާގެ އަތުން އަތުނުލާށެވެ. ކިތައްމެ ގިނަ ފައިސާއެއް ހަރަދު ކުރި ނަމަވެސް ތިބާ އޭނާއަށް ދޭ ފައިސާ ވެގެންދާނީ އޭނާގެ އެއްޗަކަށެވެ.

މި ފަދަ ކަންތައްތަކުން ދެމަފިރިން އެކަކު އަނެކަކު އުފާ ކޮށްދެވޭނެއެވެ.

ނޯޓް: ތަރުޖަމާއެއް