ފިރިމީހާ އުފާކޮށްދޭ ނަމަ، އަންނަނިވި ކަންތައްތައް ކުރާށެވެ.
- އޭނާއަށް ކާންދޭށެވެ.
- އޭނާއާއެކު ނިދާށެވެ.
- އަރާމުކޮށް އޮންނަން އޭނާ ދޫކޮށްލާށެވެ.
- އޭނާގެ ފޯނަށް އަންނަ މެސެޖްތައް ނުބަލާށެވެ.
- އޭނާ އުޅޭނޫޅޭ ގޮތް ބަލަން ނޫޅޭށެވެ.
- ގޭތެރެ ތަރުތީބުކޮށްދޭށެވެ.
- އޭނާގެ އަންނައުނު ދޮވެދޭށެވެ.
- އޭނާއަށްޓަކައި އަބަދުވެސް ދުއާކޮށްދޭށެވެ.
މިއީ އެހާ އުނދަގޫ ކަންތައްތަކެއް ނޫން ދޯއެވެ؟
އަނބިމީހާ އުފާކޮށްދޭ ނަމަ، އަންނަނިވި ކަންތައްތައް ކުރާށެވެ.
- އޭނާގެ ރަހްމަތްތެރިއަކަށްވާށެވެ.
- އޭނާގެ ބައިވެރިއަކަށްވާށެވެ.
- އޭނާގެ ލޯބިވެރިއަކަށް ވާށެވެ.
- އޭނާގެ ބޭބެއަކަށް ވާށެވެ.
- އޭނާގެ ބައްޕައަކަށް ވާށެވެ.
- އޭނާގެ މައްޗަށް ވެރިކަން ހިންގާ ބޮސްއަކަށްވާށެވެ.
- އޭނާގެ ކައްކާއަކަށް ވާށެވެ.
- އޭނާގެ އިލެކްޓްރިޝަނަކަށް ވާށެވެ.
- ގޭގެ ފެން ވައިރު ކުރާ މީހަކަށް ވާށެވެ.
- ގަރާޖެއްގެ މެކެނިކެއް ފަދައިން އުޅޭށެވެ.
- ވަޑާން ކުރާ މީހަކަށް ވާށެވެ.
- ގޭތެރެ ޗާލުކޮށްލާށެވެ.
- ފިރިމީހާގެ ސްޓައިލް ދަމަހައްޓައިދޭށެވެ.
- ޖިންސީ އިލްމްވެރިއަކަށް ވާށެވެ.
- ގައިނިކޮލޮޖިސްޓް ނުވަތަ ގައިނީއަކަށް ވާށެވެ.
- ނަފުސާނީ އިލްމްވެރިއަކަށް ވާށެވެ.
- ގޭތެރޭގައި އުޅޭ ނުރައްކާތެރި ސޫފިތައް ނައްތާލާ މީހަކަށް ވާށެވެ.
- ނަފުސާނީ ބައްޔަށް ބޭސްކޮށްދޭ މީހަކަށް ވާށެވެ.
- ބަލިމަޑުކަމުން ދުރުކޮށްދޭތޯ ދުއާ ކުރާ މީހަކަށް ވާށެވެ.
- އަނބިމީހާ ދައްކާ ވާހަކަ އަޑުއަހާ ފިރިއަކަށް ވާށެވެ.
- ކަންތައްތައް ވިލަރެސް ކުރާ މީހަކަށް ވާށެވެ.
- ރަނގަޅު ބައްޕައަކަށް ވާށެވެ.
- ސާފުތާހިރުކަންމަތީ ހުންނަ މީހަކަށް ވާށެވެ.
- ހަމްދަރުދީ ވާ މީހަކަށް ވާށެވެ.
- ކުޅިވަރު ކުޅޭ މީހަކަށް ވާށެވެ.
- އެކުވެރިކަން ފާޅުކުރާ މީހަކަށް ވާށެވެ.
- ކަންތައްތަކަށް ސަމާލުކަން ދޭ މީހަކަށް ވާށެވެ.
- ބަތަލެއް ފަދަ މީހަކަށް ވާށެވެ.
- ވިސްނުންތެރިއަކަށް ވާށެވެ.
- މަޖާ މީހަކަށް ވާށެވެ.
- އާ ކަންތައްތައް ކުރާ މީހަކަށް ވާށެވެ.
- މަޑުމައިތިރި މީހަކަށް ވާށެވެ.
- ވަރުގަދަ މީހަކަށް ވާށެވެ.
- ކަންތައްތައް ދެނެގަނެ، ފަހުމް ވާ މީހަކަށް ވާށެވެ.
- ކަންތައްތައް ހަޖަމު ކުރެވޭ މީހަކަށް ވާށެވެ.
- ކުރިމަގަށް ވިސްނާ މީހަކަށް ވާށެވެ.
- އަމާޒުތަކަށް ވާސިލުވާން މަސައްކަތްކުރާ މީހަކަށް ވާށެވެ.
- ކަންތައްތައް ކުރުމުގެ ގާބިލިއްޔަތުކަން ހުރި މީހަކަށް ވާށެވެ.
- ހިތްވަރުގަދަ މީހަކަށް ވާށެވެ.
- ކަންތައްތައް ހާސިލު ކުރަން އަޒުމުގައި ދެމިހުންނަ މީހަކަށް ވާށެވެ.
- އަމާނާތްތެރިއަކަށް ވާށެވެ.
- އިތުބާރު އަދި ބަރޯސާ ކުރެވޭ މީހަކަށް ވާށެވެ.
- ކަންތައްތަކަށް ލޯބިދީގެން މަސައްކަތްކުރާ މީހަކަށް ވާށެވެ.
- އަނބިމީހާއަށް އަބަދުމެ ތައުރީފު ކުރާށެވެ.
- އޭނާއާއެކު ބާޒާރު ކުރަން ދާށެވެ.
- އޭނާއަށް ތެދުވެރި ވާށެވެ.
- އޭނާއަށް ސްޓްރެސް ލިބޭ ކަހަލަ ކަންތައްތައް ނުކުރާށެވެ.
- އެހެން އަންހެނުންނާ ދިމާއަށް ނުބަލާށެވެ.
- އަނބިމީހާއަށް ވަރަށް ގިނައިން ސަމާލުކަން ދޭށެވެ.
- އޭނާއަށްޓަކައި ވަރަށް ގިނަ ވަގުތު ހުސް ކުރާށެވެ. އަދި އޭނާގެ ނަފުސަށް ބޭނުންވާ އޭނާގެ އަމިއްލަ ވަގުތު އޭނާއަށް ދޭށެވެ.
- އޭނާގެ ކަންތައްތައް ކުރަން އޭނާ ބޭނުންވާ ޖާގަ އޭނާއަށް ދޭށެވެ. އޭނާގެ އާއިލާ އާއި ތިބާގެ އާއިލާގެ މީހުންނާ ބައްދަލު ކުރަން ވެސް އޭނާއަށް ވަގުތު ދޭށެވެ.
- ބާޒާރު ކުރަން ދޭ ފައިސާގެ ބާކީ އޭނާގެ އަތުން އަތުނުލާށެވެ. ކިތައްމެ ގިނަ ފައިސާއެއް ހަރަދު ކުރި ނަމަވެސް ތިބާ އޭނާއަށް ދޭ ފައިސާ ވެގެންދާނީ އޭނާގެ އެއްޗަކަށެވެ.
މި ފަދަ ކަންތައްތަކުން ދެމަފިރިން އެކަކު އަނެކަކު އުފާ ކޮށްދެވޭނެއެވެ.
ނޯޓް: ތަރުޖަމާއެއް
