ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ގަލޮޅު ދަނޑުގައި އަންގާރަ ދުވަހުގެ ހެނދުނު ކުރިޔަށްގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި މީހުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ވަދެގަނެ، ބައެއް މީހުންނަށް ޙަމަލާދީ، ތަކެއްޗަށް ގެއްލުންދިން މައްސަލައިގައި އިތުރު ދެ މީހެއް ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. މި ދެ މީހުން އިތުރުވުމުން، ޖޫން 21 ވަނަ ދުވަހުގެ ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު 21 އަށް އެރީއެވެ.
ޖޫން 25 ގައި ހައްޔަރުކުރި މީހުން
އަބޫބަކުރު ފާރިޢު، 25، ނ. މިލަދޫ، ކާރނޭޝަންމާގެ
ޝަބިމް އާދަމް، 31، ފ. ދަރަނބޫދޫ، އާބާދީގުލްޝަން
މި ދެ މީހުންގެ ތެރެއިން އަބޫބަކުރު ފާރިޢު 60 ދުވަހަށް އަދި ޝަބިމް އާދަމް 10 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި މީގެ ކުރިން ވަނީ 19 މީހަކު ހައްޔަރުކޮށްފައެވެ.
ޖޫން 23 ގައި ހައްޔަރުކުރި މީހުން
- އަޙްމަދު ޢަލީ، 26، މ. ފަޅުމަތީގެ
- މުޙައްމަދު ޒީޝާން ނާޞިރު، 30، ގ. ކޮލަމްބިއާ
މި ދެ މީހުންގެ ތެރެއިން އަޙްމަދު ޢަލީ 10 ދުވަހަށް އަދި މުޙައްމަދު ޒީޝާން ނާޞިރު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޖޫން 24 ގައި ހައްޔަރުކުރި މީހުން
- އިބްރާހީމް ޒިހާނު، 25، ނ. ވެލިދޫ، މިލާނޯ
- ޢަލީ މިރުޝާދު، 31، އއ. މާޅޮސް، ލަކީސްޓަރ،
- މުޙައްމަދު ޝާން، 32، ލ. މުންޑޫ، އަންނާރުމާގެ
- ޢަބްދުﷲ ނިޔާޒު، 41، ގ. ފީނިކްސް،
- ޢަލީ މުޙައްމަދު، 36، ތ. ތިމަރަފުށި، ޢަލީއާބާދު
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ އެންމެންވެސް 45 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
"މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ވަނީ ގާއިމް ކޮށްފައެވެ. މިފަދަ މައުލޫމާތުތައް https://www.police.gov.mv/helpus/casetip އަށް ޒިޔާރަތްކޮށް ހިއްސާކުރެއްވުން އެދެމެވެ. މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.
ޔޯގާ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު 19 އަށް، އިތުރު ހަތް މީހެއްގެ ވަނަވަރު އާންމުކޮށްފި



advertisment