Support Us

ޔޯގާ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު 19 އަށް، އިތުރު ހަތް މީހެއްގެ ވަނަވަރު އާންމުކޮށްފި

ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ގަލޮޅު ދަނޑުގައި އަންގާރަ ދުވަހުގެ ހެނދުނު ކުރިޔަށްގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި މީހުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ވަދެގަނެ، ބައެއް މީހުންނަށް ޙަމަލާދީ، ތަކެއްޗަށް ގެއްލުންދިން މައްސަލައިގައި އިތުރު ހަތް މީހެއް ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. މި ހަތް މީހުން އިތުރުވުމުން، ޖޫން 21 ވަނަ ދުވަހުގެ ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު 19 އަށް އެރީއެވެ.

ފުލުހުން ބުނީ ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޖޫން 23 ގައި ދެ މީހުން އަދި ޖޫން 24 ގައި ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޖޫން 23 ގައި ހައްޔަރުކުރި

  1. އަޙްމަދު ޢަލީ، 26، މ. ފަޅުމަތީގެ
  2. މުޙައްމަދު ޒީޝާން ނާޞިރު، 30، ގ. ކޮލަމްބިއާ

މި ދެ މީހުންގެ ތެރެއިން އަޙްމަދު ޢަލީ 10 ދުވަހަށް އަދި މުޙައްމަދު ޒީޝާން ނާޞިރު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖޫން 24 ގައި ހައްޔަރުކުރި

  1. އިބްރާހީމް ޒިހާނު، 25، ނ. ވެލިދޫ، މިލާނޯ
  2. ޢަލީ މިރުޝާދު، 31، އއ. މާޅޮސް، ލަކީސްޓަރ،
  3. މުޙައްމަދު ޝާން، 32، ލ. މުންޑޫ، އަންނާރުމާގެ
  4. ޢަބްދުﷲ ނިޔާޒު، 41، ގ. ފީނިކްސް،
  5. ޢަލީ މުޙައްމަދު، 36، ތ. ތިމަރަފުށި، ޢަލީއާބާދު

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ އެންމެންވެސް 45 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޔޯގާ މައްސަލައިގައި ހައްޔަރުކުރި އިތުރު ހަ މީހެއްގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *