ހަނދުގެ ބިމާ އެއްގޮތަށް ތައްޔާރުކޮށްފައިވައި ފަސްގަނޑެއްގައި ސައިންސްވެރިން ކާމިޔާބުކަމާއެކު އަލުވި ހައްދައިފިއެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އެހީތެރިކަމާއެކު ހިންގި މި ދިރާސާގެ ސަބަބުން ކުރިމަގުގައި ހަނދުގައި ގާއިމުކުރައި މަރުކަޒުތަކުގައި ތިބޭ އެސްޓްރޯނޯޓުންނަށް ކާނާ ފޯރުކޮށްދިނުމަށް އެހީތެރިވެވިދާނެކަމަށް ބެލެވެއެވެ.
އެމެރިކާގެ އޮރެގަން ސްޓޭޓް ޔުނިވާސިޓީގެ ދިރާސާވެރިންވަނީ "މޯޑޮކް"ގެ ނަމުން ނަންދީފައިވައި، އަވަހަށް ހެދޭ ބާވަތެއްގެ އަލުވިއެއް، ހަނދުގެ ފަސްގަނޑު ނަކަލުކޮށްގެން ހަދައިފައިވައި ފަސްގަނޑެއްގައި ހައްދައިފައެވެ. ސައިންސްވެރިންވަނީ ހަނދުގެ ފަސް ނަކަލުކޮށްފައިވައި ފަސްގަނޑު ވާމީކޮމްޕޯސްޓާ އެއްކޮށްފައެވެ. މިއީ ކިލާފަނި އޯގަނިކް ކުނިން އުފައްދައި ކާނާއިން މުއްސަނދި މާއްދާއެކެވެ.
އޯގަނިކް މާއްދާ ނުލައި މި ފަލަމަޑީގެ ބާވަތް ހެދިފައިވަނީ ވަރަށް ނިކަމެތިކޮށެވެ. ނަމަވެސް 30 ޕަސެންޓް ވާމީކޮމްޕޯސްޓް އެއްކުރުމުން ދުނިޔޭގެ ފަސްގަނޑުގައި ހައްދައި އަލުއިއާ އެއް ފެންވަރުގެ އަލުއި ހެދުނެވެ.
"އެހެން ގިނަ ގޮވާމުގެ ބާވަތްތަކަށްވުރެ ބިމުގެ ކުޑަ ސަރަހައްދަކުން އަލުއިއިން ގިނަ ކެލޮރީ ލިބިދޭ،" މި ދިރާސާގައި އިސްކޮށް ހުރި އޮރެގަން ސްޓޭޓް ޔުނިވާސިޓީގެ ގަސްގަހާގެހީގެ ބަޔޮލޮޖިސްޓް އެމްރިކް ގުވާޔޭ ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި އަލުއިއިން ޕޮޓޭސިއަމް، ވިޓަމިން ސީ އަދި ޕްރޮޓީންވެސް ލިބެއެވެ.
ދިރާސާވެރިންނަށް އެނގުނު ގޮތުގައި އޯގަނިކް މާއްދާގެ ސަބަބުން ހަނދުގެ ފަސްގަނޑުގައި ހުންނަ ބަރު މައުދަންތަކަށް ގަސްތައް ހުށަހެޅޭ މިންވަރު ކުޑަކޮށްދެއެވެ.
ދިރާސާގައި ހެއްދި އަލުއިތައް ސައިޒުގެ ގޮތުން ކުޑައެވެ. އެއީ ކުދި މުށިގަނޑުތަކުގައި އިންދުމުންނެވެ. ނަމަވެސް ވަކިންކުރި ތަހުލީލެއްގައި އާންމު ސުޕަމާކެޓްތަކުގައި ވިއްކަން ހުންނަ ބޮޑެތި ސައިޒްހައި ބޮޑު އަލުއި ހެދުނެވެ.
ގުވާޔޭ ބުނީ ހެއްދި އަލުއިތައް ލެބޯޓްރީ ތަހުލީލުތަކަށް ބޭނުންކުރުމުގެ ސަބަބުން ދިރާސާވެރިން އޭގެ ރަހަ ބަލައިފައިނުވާކަމަށެވެ.
މި ހޯދުންތަކުގެ ސަބަބުން ކުރިއަށް އޮތް ތާނގައި ހަނދުގައި އާބާދުވައި މީހުންނަށް އެހީއަކަށްވައިނެއެވެ. އަދި ދުނިޔޭގެ ހަނަފަސް ސަހަރާތަކުގެ މުޖުތަމައުތަކާއި ފަސްގަނޑު ދެރަ ސަރަހައްދުތަކުގައި ދަނޑުވެރިކަން ރަނގަޅުކުރުމަށްވެސް މި ކަން އެހީއަކަށްވައިނެއެވެ.



advertisment