Support Us

1،800 މީހުން ވެގެން 360 ޓަނުގެ ގަނޑުވަރެއް ދަމައިފި

ގާތްގަނޑަކަށް 1،800 މީހުން ވެގެން 360 ޓަނުގެ ބަރުދަން ހުރި ގަނޑުވަރެއް ޖަޕާންގައި ދަމައިފިއެވެ.

ވަލާއި، އެއްޗެހި އެއްތަނުން އަނެއް ތަނަށް ގެންދާ ފޯލި ނުވަތަ ރޯލަރާއި އަދި ދަނގަޑު މަތިން ދުއްވުމަށް ރެއިލް ބޭނުންކޮށްގެން ހީރޮސާކީ ގަނޑުވަރުވަނީ 2.22 މީޓަރަށް ދަމައިފައެވެ. ގަނޑުވަރު ހުރި ތަނަށް ދަމަން ބާކީ އޮތީ 2.8 މީޓަރެވެ. އެ ކަން ކުރާނީ މެޝިނަރީގެ އެހީގައެވެ. ގަނޑުވަރު ހުރި ތަނަށް އަލުން ބަދަލުކުރުމުގެ މުޅި އޮޕަރޭޝަންގައި 4،100 މީހުން ބައިވެރިވާން ހަމަޖައްސައިފައިވެއެވެ.

މި ދިޔަ މަހު 26 ގައިކުރި، އަތުން ދެމުމުގެ މަސައްކަތަށް ޖަޕާން ބަހުން ކިޔަނީ ހީކީޔައެވެ. މިއީ އިމާރާތް ރޫޅައިނުލައި އެއް ތަނުން އަނެއް ތަނަށް ގެންދާ ޖަޕާންގެ ސަގާފީ އުކުޅެކެވެ.

ކުރިން، 2015 ގައި، ގަނޑުވަރުވަނީ 80 މީޓަރު ދުރަށް ދަމައިފައެވެ. އެއީ ބިންހެލުމަކުން ހަލާކުވި އެ ގަނޑުވަރުގެ ހިލައިގެ ފާރު އަލުން މަރާމާތުކުރުމަށެވެ.

ހީރޮސާކީ ސިޓީގެ ޕާކްތަކާއި ފެހި މާހައުލުތަކާ ބެހޭ އިދާރާގެ ވެރިޔާ ކެންސްކެ ހަޔަސަކަ ބުނީ ގަނޑުވަރު ރޫޅައިނުލީ އެއީ ސަގަފީ ތަނެއްގެ ގޮތުގައި ގައުމީ ފެންވަރުގައި ރައްކާތެރިކޮށްފައިވާ ތަނަކަށްވާތީކަމަށެވެ.

"އަހަރެމެން މި ބޭނުންކުރަނީ ހީކީޔަ އުކުޅު. މިއީ ބޯދާ ޒަމާނުއްސުރެ ޖަޕާނުގައި ބޭނުންކުރާ، އިމާރާތް ތަންތަނަށް ބަދަލުކުރާ ގޮތެއް،" އޭނާ ބުންޏެވެ.

އުމުރުން 61 އަހަރުގެ، 2015 ގައިވެސް ހީރޮސާކީ ގަނޑުވަރު ދެމުމުގައި ބައިވެރިވި މޮޓޮހަރު ނަކަޓަ ބުނީ ހީކީޔައަކީ "އާދަޔާހިލާފު ތަޖުރިބާއެއް"ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *