Support Us

ފިރިކަލުން އަވަހާރަވުމުން ޓެންޒޭނިޔާގެ ރައީސް 3 މަހުގެ ޗުއްޓީއަކަށް

ފިރިކަލުން ހާފިޒް އަމީރު އަވަހާރަވުމުން ޓެންޒޭނިޔާގެ ރައީސް ސާމިޔާ ސޫލޫހޫ ހަސަން 90 ދުވަހުގެ ޗުއްޓީއެއް ނަންގަވައިފިއެވެ.

ޗުއްޓީ ފެށްޓެވީ މި ދިޔަ ހޯމަ ދުވަހު އަމީރު އަވަހާރަވުމުން ހަމަ އެ ދުވަހުއެވެ.

ސާމިޔާ ޗުއްޓީގައި ހުންނެވިޔަސް ސަރުކާރުން ރައްޔިތުންނަށް ޔަގީންކަން އެރުވީ ދައުލަތުގެ ކަންތައްތައް ގާނޫނާ އެއްގޮތަށް ކުރިއަށްގެންދާނެކަމަށެވެ.

ޗީފް ސެކްރެޓެރީ މޯސެސް ކޫސީލޫކާ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ސާމިޔާ ޗުއްޓީގައި ހުންނަވާއިރު ސަރުކާރުގެ ކަންތައްތައް ބަލަހައްޓަވާނީ ނައިބު ރައީސް ޑެއޯގްރާޓީއަސް ންޑެޖެމްބީ އާއި ބޮޑުވަޒީރު މްވީގޫލޫ އެންޗެމްބާކަމަށެވެ.

"ދޭން ޖެހޭ އިތުރު މައުލޫމާތު ރަސްމީ އިދާރާތަކުން ހާމަކުރާނެ،" ކޫސީލޫކާ ބުންޏެވެ.

ޖެނުއަރީ 1946 ގެ އެކެއްގައި އުފަންވެވަޑައިގަތް އަމީރު އަވަހާރަވީ ހޯމަ ދުވަހު ހެނދުނު އަށެއްޖެހިއިރު ޒެންޒިބާރުގެ އެމީލީއޯ މްޒޭނާ ހޮސްޕިޓަލްގައި އެ މަނިކުފާނަށް ފަރުވާދެމުންދަނިކޮށެވެ. ންޑެޖެމްބީ ވިދާޅުވީ އަމީރަށް ފަރުވާކުރީ ހިތުގެ އާލާސްކަންފުޅަކަށްކަމަށެވެ.

އަމީރު ފަސްދާނުލީވެސް އަވަހާރަވި ދުވަހުއެވެ. ފަސްދާނުލީ ޒަންޒިބާރުގެ ޖަޒީރާއެއްކަމަށްވާ ދެކުނު އޫންގޫޖާގެ މަސްވެރި ކީޒީމްކަޒީ ބަސްތީގައެވެ. އެއީ ސާމިޔާ އާއި އަމީރުގެ އާއިލީ ގެ ހުންނަ ސަރަހައްދެވެ.

ޓެންޒޭނިޔާގެ ފަސްޓް ޖެންޓްލްމަން އަވަހާރަވުމުން ސަރަހައްދުގެ ލީޑަރުން ސާމިޔާއަށް ތައުޒިޔާ ދެންނެވިއެވެ. އެ ގޮތުން ސާމިޔާ އާއި އެ ކަމަނާގެ އާއިލާއަށް ހަމްދަރުދީގެ މެސެޖް ފޮނުއްވި ލީޑަރުންގެ ތެރޭގައި ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ހިމެނިވަޑައިގަތެވެ.

ސާމިޔާ ތިން މަހުގެ ޗުއްޓީއަކަށް ވަޑައިގަތުމުން ސަރުކާރުގެ އޮޕަރޭޝަންތަކަށް ބުރޫއަރާނެކަމަކަށް ސަރުކާރުން އިޝާރާތެއްނުކުރެއެވެ. އެހެންކަމުން، ގައުމުގެ ރަސްމީ ޒިންމާތައް ސަރުކާރުގެ އިސްވެރިން ކުރިއަށްގެންދާނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *