Support Us

ބޯޓު ފެތުމުން ދެ މަސްވެރިން ސަލާމަތްވީ ކޫލަރެއްގައި

މެކްސިކޯގެ ދެ މަސްވެރިންގެ ބޯޓު ފެތުމުން ކޫލަރެއްގައި ފަސް ދުވަހު އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ.

ޕެސިފިކް ކަނޑަށް އެ މީހުންގެ ބޯޓު ފެތުނީ ޗީއަޕަސް ސްޓޭޓްގެ އައްސޭރިފަށުންނެވެ.

ދެ މަސްވެރިންނަކީ ޑެނިއަލް ގެރެރޯ މާޓީނެޒް، 53، އާއި ހޯޒޭ ލޫއީސް ޕޯޓެލަސް ވީޔެގަސް، 32، އެވެ.

އެ މީހުންގެ މަސްވެރިންގެ ކޯޕަރޭޓިވްއާ މުއާމަލާތް ކެނޑުނީ މި ދިޔަ ހުކުރު ދުވަހުއެވެ.

ކަނޑުގެ ސިފައިން ކަނޑާއި ވައިގެ މަގުން ހޯދަނިކޮށް އެ ދެ މީހުން ފެނުނީ ބުދަ ދުވަހު ޗީއަޕަސްގެ އައްސޭރިފަށާ 149 މޭލު ދުރުންނެވެ.

ދެ މީހުން ފެނުނުއިރު ތިބީ ފެން ނުލިބުމުގެ ސަބަބުން ޑިހައިޑްރޭޓްވެފައެވެ. ކޫލަރުގައި އެއްވެސް ފެނެއް އަދި ކާބޯތަކެއްޗެއް ނެތެވެ.

ސިއްހީ ފަރުވާއަށް ދެ މީހުން ވައިގެ މަގުން ގެންދިޔައެވެ. އަދި އޭގެ ފަހުން ދެ މީހުންގެ އާއިލާއާ ގުޅުވައިދިނެވެ.

ދެ މަސްވެރިންގެ ބޯޓު ފެތުނީ ކީއްވެކަން ދެނެގަތުމަށް މިހާރު ވަނީ ތަހުގީގެއް ފަށައިފައެވެ.

"އަހަރެމެންގެ ބޯޓަށް ބޮޑު ރާޅެއް ކުއްލިއަކަށް ބިންދައިލީ. އެ ވަގުތު އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން އެއްވެސް އެއްޗަކާ ނުލައި ކޫލަރަށް ފުއްމައިލީ،" ވީޔެގަސް ބުންޏެވެ.

"ގަދަ އަވީގައި ކާނެ ބޯނެ އެއްޗެއް ނެތި އެތައް ދުވަހެއްވުމުން އަހަރެން ހީކުރީ ދުވަހަކުވެސް ދެން އަހަރެންނަށް އަހަރެންގެ އާއިލާއާ ބައްދަލުނުވާނެ ކަމަށް،" މާޓީނެޒް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *